Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ދަރަނި

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

ރިޒާވް ބޭންކުން ނަގާފައިވަނީ 100 މިލިއަން ޑޮލަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 17:25
އެމްއެމްއޭ އިދާރާ

އެމްއެމްއޭ އިދާރާ

ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ސަރުކާރުން ތިން މަސް ދުވަސް އިތުރުކޮށްފި އެވެ.

މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށްޓަކައި ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ނެގީ އެއަށްވާ ދިވެހި ފައިސާ އެ ބޭންކްގައި ބެހެއްޓުމަށް ފަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އެމްއެމްއޭ އިން ބުނީ ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ރާއްޖޭގެ ސަރުކާރަށް ދީފައި ވަނީ ސްވެޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށެވެ. ސްވެޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ މީގެ ކުރިން ބުނެފައިވަނީ 100 މިލިއަން ޑޮލަރު އެމްއެމްއޭ އިން އިންޑިޔާގެ ރިޒާވުން ނަގާފައިވަނީ ސާކް ގައުމުތަކަށް އޮންނަ ޚާއްސަ އިނާޔަތެއްގެ ދަށުން ކަމަށެވެ. އަދި މިއީ މި އިނާޔަތުގެ ބޭނުން ރާއްޖެ އިން ހިފި ފުރަތަމަ ފަހަރު ކަަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެފައިސާ ނަގާފައި ވަނީ ދިވެހި ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް ކަމަށާއި މިއީ ތިން މަސް ފަހުން އަނބުރާ ދައްކަން ޖެހޭ ގޮތަށް ނެގި އަދަދެކެވެ. އެހެން ކަމުން އޭޕްރީލް މަހަކީ އެ ފައިސާ ދަންކަން ޖެހޭ މަހެވެ. އެހެން ނަމަވެސް އެފައިދާ ދެއްކުމަށް އޮތް މުއްދަތު އެމްއެމްއޭ އިން ވަނީ އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެހެންކަމުން ފައިސާ އަނބުރާ ދައްކަން ޖެހެނީ ޖެލައި މަހު އެވެ.

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އެހެންކަމުން ދިވެހި ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭ އިން ބުނީ މި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ ބުލެޓް ޕޭމެންޓް ނުވަތަ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާ ގޮތަށް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފައިސާ އަނބުރާ ދައްކާއިރު 2 ބިލިއަންނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ޑިސެންބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާ އިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިއަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި ސަރުކާރުގެ ޚަރަދުތައް މެނޭޖް ކުރުމަށްޓަކާ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު