Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޝްރޫއުތަކަށް ލޯނު ނެގުން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

މިއަހަރުގެ ތެރޭގައި ވެސް ބޮޑެތި މަޝްރޫއުތަކަކަށް ފައިސާ ހޯދާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2017 | ހޯމަ 11:40
ބްރިޖް މަޝްރޫއު: ވޯލްޑް ބޭންކުން ވަނީ ދަރަނި ބޮޑުވާތީ ކަންބޮޑުވުން ފާޅުކޮށްފަ

ބްރިޖް މަޝްރޫއު: ވޯލްޑް ބޭންކުން ވަނީ ދަރަނި ބޮޑުވާތީ ކަންބޮޑުވުން ފާޅުކޮށްފަ

ސަރުކާރުން ހިންގާ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ އަހަރު ނިމުނުއިރު، 4.79 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ހޯމަ ދުވަހު ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު 4.79 ބިލިއަން ރުފިޔާގެ ފަސް ލޯނެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި ވެސް ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ފަންޑުކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ޓޫރިޒަމްގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތަކުގައި 56 އިންވެސްޓްމަންޓެއް ރަޖިސްޓަރީކޮށްދެވިފައިވާ ކަމަށެވެ. އަދި އެ އިންވެސްޓްމަންޓްތަކުން ފަސް އަހަރު ދުވަހުގެ ތެރޭގައި، 1.5 ބިލިއަން ޑޮލަރު، ފަށާ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިގްތިސާދާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު 3.9 އިންސައްތަ ކުރިއަރާފައިވާ ކަމަށާއި އަދި މި އަހަރު ގައުމުގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެ، 4.7 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު، މިދިޔަ އަހަރު އެވްރެޖްކޮށް ހުރީ 0.4 ޕަސެންޓްގައިކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ފާއިތުވެދިޔަ އަހަރު ވެސް ތަކެތީގެ އަގު އުފުލެމުންދާ މިންވަރު ދެ ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަހަރު ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިގެންދާނީ، އިންފްލޭޝަން ރޭޓު ދެ ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރު ދައުލަތަށް 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 22.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށެވެ. މި އަހަރުގެ ނިޔަލަށް 22.2 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓް ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވާނެ ކަމަށް ބެލެވޭ ކަމަށެވެ. މި އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 0.5 ޕަސެންޓްގައި ކަމަށާއި މިދިޔަ އަހަރު ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް ހުރީ 8،063 ޑޮލަރުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ވެސް މަޝްރޫއުތަކަށް ލޯނު ނަންގަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން ވަނީ، އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވަމުންދާކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް، ބޭރުގެ ލޯނުތަކުގެ އެހީގައި ކުރިޔަށް ގެންދާ އިރު، ރާއްޖޭގެ ދަރަނި ވަރަށް ބޮޑުވެ، އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.

އެއްފަހަރާ ހިންގާ އެފަދަ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ ލޯނު އެހީ ހޯދި ނަމަވެސް، އެކަމުގެ ނޭދެވޭ އަސަރު ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފައި ވެއެވެ. އަދި މިހާރު ވެސް ރާއްޖޭގެ ޖީޑީޕީ އަށް ވުރެ ދަރަނި ބޮޑުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި 2015 ވަނަ އަހަރު ހުރީ 73.1 ޕަސެންޓްގަ އެވެ. އަދި އެ އަދަދު 2016 ވަނަ އަހަރު ނިމޭ އިރު 83.1 ޕަސެންޓަށް އަރައި 2018 ވަނަ އަހަރާ ހަމަ އަށް ދާ އިރު 109 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނީގެ ނިސްބަތް 120 އަށް އަރާނެ އެވެ. އޭރުން ބޮލަކަށް ޖެހޭ ދަރަނި 140،000 ރުފިޔާ އަށް ވުރެ މަތިވާނެ އެވެ.

ދައުލަތުގެ ޚަރަދުތައް އިތުރުވެ، ބަޖެޓާ ނުބައްދަލު ވުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ފާހަގަކޮށް އެ ބޭންކުން ވަނީ ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަމަލު ކުރަމުންދާ ފިސްކަލް ޕޮލިސީތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމާ މެދު ސުވާލު އުފައްދާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު