Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުން ވިއްކާ 200 މިލިއަން

ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ

1 ފެބުރުއަރީ 2017 | ބުދަ 14:45

ސޮވެރިން ބޮންޑު ވިއްކަނީ ސިންގަޕޫރުގެ ޑީބީއެސް ކުންފުންޏާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 1 ފެބުރުއަރީ 2017 | ބުދަ 14:45
ދިވެހި ރާއްޖެ

ދިވެހި ރާއްޖެ

ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ސޮވެރިން ބޮންޑް ސިންގަޕޫރުގެެ ބޭންކެއް ކަމުގައިވާ ދަ ޑިވެލޮޕްމެންޓް ބޭންކް އޮފް ސިންގަޕޯ (ޑީބީއެސް) ބޭންކަށް ވިއްކަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮވެރިން ބޮންޑް ދޫކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 6 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ގޮތުން 200 މިލިއަން ޑޮލަރުގެ މި ބޮންޑް ސިންގަޕޫރުގެ ސަރުކާރު ހިއްސާވާ ބޭންކަކަށް ދިނުމަށް ނިންމާފައިވާ އިރު މާރޗު މަހުގެ ކުރިން ބޮންޑު ވިއްކުމުގެ ހުރިހާ އިންތިޒާމުތަކެއް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement - newsAdvertisement

މި މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ޓައިމްލައިންތަކާއި އިދާރީ ގޮތުން ނިންމަންޖެހޭ މަސައްކަތްތައް ކުރުމެވެ. މި މަސައްކަތަކީ ސަރުކާރުގެ ތަރައްގީގެ ތަފާތު މަޝްރޫއުތައް ކަމުގައިވާ އައިޖީއެމްއެޗްގެ އާ އިމާރާތާއި ބްރިޖުގެ މަޝްރޫއު ފަދަ މަސައްކަތްތައްް ފައިސާ ހޯދުމަށް ސަރުކާރުން ވިއްކާ ބޮންޑެކެވެ.

ސިންގަޕޫރުގެ ޑީބީއެސްއާ އެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ބޮންޑަށް ސަރުކާރުން ފައިސާ ދެއްކުމަށް ހަަމަޖެހިފައިވަނީ ހަ އަހަރު ފަހުންނެވެ. މި ބޮންޑްގެ އިންޓްރެސްޓް ރޭޓު އުޅެނީ 6.5 ޕަސެންޓްގަ އެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ސޮވެރިން ބޮންޑް ވިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެ އެވެ.

ސަރުކާރުން 200 މިލިއަން ޑޮލަރު ނުވަތަ 3.1 ބިލިއަން ރުފިޔާގެ ބޮންޑް ވިއްކާލުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޖަރުމަންގެ ކުންފުންޏެއް ކަމުގައިވާ ޑޮއިޗޭ ބޭންކާ އެވެ.

ބޮންޑު ވިއްކުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު ރާއްޖޭގެ ދަރަނީގެ މިންވަރު ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން،2014 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ ނިމުނު އިރު ބަޖެޓް ޑެފިސިޓް ވަނީ 4.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި 36.9 ބިލިއަން ރުފިޔާގައި ހުރި އިރު މި އަދަދު 2017 ވަނަ އަހަރު 41.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ސަރުކާރުން މިދިއަ އަހަރު ނަގާފައިވާ ލޯންތަކަށް ބަލާ އިރު ބައިނަލްއަގްވާމީ އިދާރާތަކުން އެކަނި ވެސް 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯން ވަނީ ނަގާފަ އެވެ. އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑޮލަރާ، ޗައިނާ އެގްޒިމް ބޭންކުން 67 މިލިއަން ޑޮލަރުގެ އިތުރުން އޯފިޑުން 50 މިލިއަން ޑޮލަރު ވަނީ ނަގާފަ އެވެ. މި ލޯންތައް ނަގާފައިވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖްގެ މަޝްރޫއު ފަދަ މަޝްރޫއުތަކަށެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ކުންފުނިތަކަށް ގެރެންޓީ ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ އިރު އެކަން ވެސް ސަރުކާރުން ދޮގުކޮށްފައެއް ނުވެ އެެވެ. އެގޮތުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ހިއްސާވާ ކުންފުންޏަކަށް 200 މިލިއަން ޑޮލަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު ކަމުގައިވާ އެއްލައިދޫ މުހައްމަދު މަނިކުގެ ކުންފުންޏަކަށް 40 މިލިއަން ޑޮލަރުގެ ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު އެކަމާ ގުޅިގެން އިގްތިސާދީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުންފުންޏަކަށް ި200 މިލިއަން ޑޮލަރުގެ ލޯނަކަށް ގެރެންޓީދޭން ސަރުކާރުން ނިންމާފައިވާ އިރު އެކުންފުނީގައި އެފަދަ ބޮޑު އަދަދެއް ދެއްކޭނެ ގާބިލްކަން ހުރި ކަމާ މެދު އިގްތިސާދީ މާހިރުން ވަނީ ސުވާލު އުފައްދާފަ އެވެ.

މިގޮތަށް ކުންފުނިތަކުން ނަގާ މިފަދަ ލޯންތަކަށް ސަރުކާރުން ގެރެންޓީ ދިނުމުން ވެސް އިތުރުވެގެންދަނީ ސަރުކާރުގެ ދަރަންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2018

ސަރުކާރުން ސޮވެރިންގ ގެރެންޓީ ގިނައިން ދީފައިވަނީ ހައުސިންގ މަޝްރޫއުތަކަށް: މުނައްވަރު

14 ނޮވެމްބަރު 2018
ސަރުކާރުން ސޮވެރިންގ ގެރެންޓީ ގިނައިން ދީފައިވަނީ ހައުސިންގ މަޝްރޫއުތަކަށް: މުނައްވަރު
14 ނޮވެމްބަރު 2018

އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކަނީ

14 ނޮވެމްބަރު 2018
އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކަނީ
25 އޯގަސްޓު 2018

އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!

25 އޯގަސްޓު 2018
އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!
10 ޖޫން 2018

ކިމް ސިންގަޕޫރުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަފި

10 ޖޫން 2018
ކިމް ސިންގަޕޫރުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަފި
27 މާރިޗު 2018

ސޮވެރިންގ ބޮންޑު ވިއްކުމަށް މިއަހަރުވެސް ތައްޔާރުވަނީ

27 މާރިޗު 2018
ސޮވެރިންގ ބޮންޑު ވިއްކުމަށް މިއަހަރުވެސް ތައްޔާރުވަނީ
13 ނޮވެމްބަރު 2017

ސިންގަޕޫރުގެ ހައިކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އޭޑީކޭ ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާ ކޮށްފި

13 ނޮވެމްބަރު 2017
ސިންގަޕޫރުގެ ހައިކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އޭޑީކޭ ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާ ކޮށްފި
27 ސެޕްޓެމްބަރު 2017

ސިންގަޕޫރުގެ ސަފީރު ނައިބު ރައީސް ޖިހާދާއި ބައްދަލު ކުރައްވައިފި

27 ސެޕްޓެމްބަރު 2017
ސިންގަޕޫރުގެ ސަފީރު ނައިބު ރައީސް ޖިހާދާއި ބައްދަލު ކުރައްވައިފި
01 ޖޫން 2017

ބައިނަލްއަޤުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑް ވިއްކައިފި

01 ޖޫން 2017
ބައިނަލްއަޤުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑް ވިއްކައިފި
06 އެޕްރީލު 2017

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

06 އެޕްރީލު 2017
އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް