Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޯޖް ފްލޮއިޑް

ޖޯޖް ފްލޮއިޑް ކަރަށް އަރާ "މަރާލި" ފުލުސް މީހާ ހައްޔަރުކޮށް ދައުވާ ކުރުމަށް މޭޔަރު ގޮވާލައްވައިފި

ޖޯޖް ފްލޮއިޑް މަރުވެފައިވަނީ ހައްޔަރު ކުރުމުގެ ތެރޭގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 28 މެއި 2020 | ބުރާސްފަތި 01:55
މިނިއެޕްލިސްގެ މޭޔަރ ޖޭކަބް ފްރޭ

މިނިއެޕްލިސްގެ މޭޔަރ ޖޭކަބް ފްރޭ

ޖޯޖް ފްލޮއިޑް "މަރާލި" ފުލުސް މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް މިނިއެޕްލިސްގެ މޭޔަރ ޖޭކަބް ފްރޭ ގޮވާލައްވައިފިއެވެ.

ފްލޮއިޑްގެ ހައްޔަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެތަނަށް ދިޔަ ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރުމާ ދެކޮޅު ހެދި ކަމަށާއި، އޭގެ ސަބަބުން ދިމާވި ހަމަނުޖެހުމުގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އޭނާ މަރުވީ ހޮސްޕިޓަލަށް ގޮސް ފަރުވާދޭން ފެށިފަހުން ކަމަށެވެ.

ނަމަވެސް، ޢާންމުވެފައިވާ ވީޑިއޯތަކުން ފެންނަ މަންޒަރުތަކުން ފްލޮއިޑް ބިންމައްޗަށް ބަންޑުން ވައްޓާފައިލާފައި އޮތް އިރު، ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ފިއްތައިގެން ހުރެއެވެ. އަދި ފްލޮއިޑް ނޭވާ ނުލެވޭކަމަށް ބުނެ އާދޭސް ކުރާ އަޑުވެސް އިވެއެވެ.

ފްލޮއިޑް ހައްޔަރު ކުރުމުގައި ހިމެނޭ ހަތަރު އޮފިސަރުންގެ ވަނަވަރު ސިޓީ އޮފް މިނިއެޕްލިސްއިން ހާމަކޮށްފައިވީ ނަމަވެސް، އޭނާގެ މަރާ ގުޅިގެން އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޭޔަރ ޖޭކަބް ފްރޭ ވަނީ ފްލޮއިޑް "މަރާލި" މީހާ ހައްޔަރު ނުކޮށް ހުރި ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ، މި ކަންތައް ކުރީ ފުލުސް މީހެއް ނޫންނަމަ "މިހާރު ހުންނާނީ ޖަލުގައި" ކަމަށެވެ. އެހެންކަމުން މި ފުލުހުން ހައްޔަރުނުކޮށް ހުރި ސަބަބުން ބުނެދޭން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވި އެވެ.

ވީޑިއޯއިން ފެންނަ މަންޒަރުތަކުން ފުލުސް މީހާ އެފަދައިން އަމަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ވެސް މޭޔަރު ފާހަގަ ކުރެއްވިއެވެ. ފްލޮއިޑް އަތުގައި ހަތިޔާރެއް ނެތްކަމަށާއި، އޭނާގެ ފަރާތުން އެއްވެސް "ތްރެޓެއް" ފެނިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން "ދޮން ފުލުހަކު" ފަސް މިނިޓް ހުރިއިރު އޭނާ ނޭވާ ނުލެވިގެން އާދޭސް ކުރަމުން ދިޔަކަން ފާހަގަ ކުރައްވަމުން ފްރޭ ވިދާޅުވީ، އެ ފުލުސް މީހާ ބޭނުން ކުރި ޓެކްނިކަކީ މިނިއެޕްލިސް ޕޮލިސް ޑިޕާޓްމަންޓުން ހުއްދަކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މި ފުލުހުން ބޮޑީ ކެމެރާ އަޅައިގެން ހުރިކަން ހާމަކޮށްފައިވާއިރު، ތަހުގީގަށް އަސަރު ނުކުރާގޮތަށް މި ފުޓޭޖް އާންމު ކުރުމަށް ފްރޭ ގޮވާލެއްވިއެވެ. ފްލޮއިޑްގެ ކަރަށް އަރައިގެން ހުރި ފުލުސް މީހާގެ މައްޗަށް ދައުވާ ކުރުމަށް ވެސް ގޮވާލެއްވިއެވެ.

މީގެ އިތުރުން، ތަހުގީގުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ފްލޮއިޑްގެ މަރަކީ ބޭއިންސާފެއްކަން ކަށަވަރުކަމަށާއި އެއީ އޭނާގެ ނަސްލުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާފުކަމަށްވެސް ފްރޭ ވިދާޅިވެފައިވެއެވެ.

ފްލޮއިޑް ހައްޔަރުކޮށްފައިވަނީ "ފޯޖަރީ" އަށެވެ. އޭނާ ހައްޔާރާ ދެކޮޅު ހެދިކަމަށް ބުނެ ފުލުހުންގެ އަމަލުތަކުން އޭނާ މަރުވެފައިވާއިރު، ފުލުސް މީހާ ފްލޮއިޑްގެ ކަރުން ކަކޫ ނަގަނީ އެމްބިއުލަންސް އައުމަށް ފަހުއެވެ.

މިކަމާ ގުޅިގެން ގިނަ ބައެއް ސޯޝަލް މީޑިއާގައި އަޑު އުފުލާ "އައި ކާންޓް ބްރީދް" ހޭޝްޓެގް ޓްރެންޑްވަމުން ދާއިރު، މިނިއެޕްލިސް ސިޓީގައި މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮންގ ނަމް މަރާލި ކަމުގެ ދަޢުވާ އަށް އިންކާރުކޮށްފި

ކިމް ޖޮންގ ނަމް މަރާލި ކަމުގެ ދަޢުވާ އަށް އިންކާރުކޮށްފި

02 އޮކްޓޯބަރު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ތޫފާން ހަޓޯ: ދެކުނު ޗައިނާ އަށް އަރާ 12 މީހުން މަރުވެއްޖެ

ތޫފާން ހަޓޯ: ދެކުނު ޗައިނާ އަށް އަރާ 12 މީހުން މަރުވެއްޖެ

24 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު