Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކިމް ޖޮން ނަމް މަރާލުން

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

ދެ އަންހުންގެ މައްޗަށް އުފުލާ ދައުވާ ސާބިތުވެއްޖެނަމަ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ: މެލޭޝިއާގެ އެޓާނީ ޖެނެރަލް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 13:53
 ސިޓީ އައިޝަތު، (ކ) އާއި ތި ހުއޮންގް، (ވ)

ސިޓީ އައިޝަތު، (ކ) އާއި ތި ހުއޮންގް، (ވ)

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދިފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންނަށް މި ހަފްތާގެ ބުދަ ދުވަހު ދައުވާ އުފުލާނެ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ބުދަ ދުވަހު ކިމް ޖޮން މަރާލުމުގައި ބައިވެރިވި ދެ އަންހެންނަށް އުފުލާނެ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހަންމަދު އަޕަންޑީ ވިދާޅުވިއިރު، އުތުރު ކޮރެއާ އާއި މެލޭޝިއާ ގެ ގުޅުން ވެސް ވަނީ މަރާ ގުޅިގެން ގޯސްވެފައެވެ. ދެ ގައުމުން ވަނީ ހޫނު ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އެޓާނީ ޖެނެރަލް އިތުރަށް ވިދާޅުވީ ދެ އަންހުންގެ މައްޗަށް އުފުލާ ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ ކަމަށެވެ. އިތުރަށް އެޓާނީ ޖެނެރަލް ވިދާޅުވީ ކިމް ޖޮން ނަމް ގެ މަރާއި ގުޅިގެން ހައްޔަރުގައި ހުރި އުތުރު ކޮރެއާ ގެ ފިރިހެނަކަށް ދައުވާ އުފުލުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ބުދަ ދުވަހު ދައުވާ އުފުލާނެ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި ދެއަންހެނުން ނަކީ ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ޑޯން ތި ހުއޮންގް،28، އާއި އިންޑޮނީޝިއާގެ ސިޓީ އައިޝަތު، 25، އެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮން ނަމް މަރާލައިފައި ވަނީ ދެ އަންހެނުން ވެގެން ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް"، ކިމް ޖޮން ނަމްގެ ގައިގައި ހާކައިގެންނެވެ.

ކިމް ޖޮން ނަމް މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ނަން މެލޭޝިއާ އިން އިއުލާންކޮށްފައިވާއިރު، ދެކުނު ކޮރެއާގެ އިންޓެލިޖެންސް އޮފިޝަލުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު އަރުވާފައި ވަނީ، ތުހުމަތު ކުރެވޭ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އުތުރު ކޮރެއާގެ ޖާސޫސީ ގުނަން ކަމަށްވާ "މިނިސްޓްރީ އޮފް ސްޓޭޓް ސެކިޔުރިޓީ" އަށް ނިސްބަތްވާ މީހުން ކަމަށެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ހައްޔަރު ކުރެވުނު އިންޑޮނީޝިއާ އަންހެން މީހާ އަށް އެކަން ކުރެވުނީ ބަޔަކު އޭނާއަށް އަޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް"، އޭނާ ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު