Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސަައުދީ ކޮރަޕްޝަން

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

ދިހަ އަހަރުގެ ހުކުމެއް އަތުވެދާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 26 އެޕްރީލު 2017 | ބުދަ 08:37
މަޤާމުން ދުރުކޮށްފައިވާ ކުރީގެ ސިވިލް ސާވިސް އެފެއާޒް މިނިސްޓަރު

މަޤާމުން ދުރުކޮށްފައިވާ ކުރީގެ ސިވިލް ސާވިސް އެފެއާޒް މިނިސްޓަރު

ޝާހީ އަމުރަކުން ކުއްލިއަކަށް ކެބިނެޓަށް ގެންނެވި ބަދަލެއްގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް މަޤާމުން ދުރުކުރެއްވި ސައުދީ އަރަބިއާގެ ކުރީގެ ސިވިލް އެފެއާޒް މިނިސްޓަރު ޚާލިދު އަލް އަރާޖަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ވަކީލުން ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިޔާގައި ވަޒީރުންގެ މައްސަލަތައް ބެލުމަށް ޚާއްސަކޮމިޓީތައް މީގެ އެތައް އަހަރެއް ކުރިން އެކުލަވާލާފައި ވެއެވެ.

އެގޮތުން އަރާޖުގެ މައްސަލަ ބަލަނީ މީގެ ފަންސާހަކަށް އަހަރުކުރިން އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ. އަދި މިއީ އެކޮމިޓީން ވަޒީރެއްގެ މައްސަލަ ބަލާ ފުރަތަމަ ފަހަރެވެ.

ސައުދީގެ ގަނޫނީ ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި އަރާޖުގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ސާބިތުވެއްޖެނަމަ މަދުވެގެން 3 އަހަރު ނުވަތަ 3 އަހަރާއި 10އަހަރާ ދެމެދުގެ ހުކުމެއް އަތުވެދާނެއެވެ.

އަރާޖުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ބަލަނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. އެކޮމިޓީގައި ތިއްބަވަނީ ތިން ވަޒީރަކާއި ހައި ކޯޓުގެ ދެ ފަނޑިޔާރުންނެވެ.

އަރާޖު މަޤާމުން ދުރުކުރީ ނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮމިޝަން (ނަޒާހާ) އިން އޭނާގެ މައްސަލަ ތަޙްޤީގުކުރަން ރަސްގެފާނުގެ އަރިހަށް ހުށަހެޅުމުންނެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި އަރާޖު މަޤާމުން ވަކިކުރަން ޖެހުނީ ސިވިލް ސާވިސްގެ އިސް މަޤާމަކަށް އޭނާގެ ދަރިކަލުން ހަމަޖައްސަވާ ފައިވާތީއެވެ.

އެގޮތުން މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް މިނިސްޓްރީގެ ވަރަށް އިސް މަގާމަށް އޭނާގެ ދަރިކަލަކު ހަމަޖައްސާފައިވަނީ އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ސައުދީގައި ވަޒީފާ ދިނުމުގައި ހެދިފައިހުރި ގާނޫނުތަކާއި ސިވިލް ސާވިސްގެ ގަވައިދުތަކުގައި ބުނާ ގޮތުން ތަޖްރިބާކާރު، ސީނިއާ ކޮންސަލްޓަންޓެއްގެ މަގާމަށް މީހަކު ހަމަޖެއްސޭނީ އެމީހަކަށް 33 އަހަރުވެފައިވާ ނަމައެވެ.

މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް މިނިސްޓްރީގެ ސީނިއާ މަގާމަށް އަރާޖު އޭނާގެ ދަރިކަލުން ހަމަޖައްސަވާފައި ވާއިރު، މުސާރަ އަށް މަހަކު 21،600 ރިޔާލް (5،760 ޑޮލަރު) ދީފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު