Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ކިމް ޖޮންގ ނަމްގެ މަރުގެ މައ

ކިމް ޖޮންގ ނަމް މަރާލި ކަމުގެ ދަޢުވާ އަށް އިންކާރުކޮށްފި

ނަމް މަރާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މެލޭޝިއާގެ ކޭއެލް އެއަރޕޯޓުގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 2 އޮކްޓޯބަރު 2017 | ހޯމަ 03:44
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ ކިމް ޖޮންގ ނަމް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ ކިމް ޖޮންގ ނަމް

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ، ކިމް ޖޮންގ ނަމް މަރާލި ކަމަށް ދަޢުވާ ކުރާ ދެ އަންހެނުން، އެމީހުންގެ މައްޗަށް ކުރާ ދަޢުވާ އަށް އިންކާރުކޮށްފި އެވެ.

ކިމް ޖޮންގ ނަމް މަރާލާފައިވަނީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ މަކާއޫ އިން އެނބުރި މެލޭޝިއާ އަށް އައިތަނުން، މިދިޔަ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހު، ކުއަލަ ލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައެވެ.

އެއަރޕޯޓުގައި ހަރުކޮށްފައިވާ ސަލާމަތީ ކެމެރާތަކުގެ މަންޒަރުތަކުން ކިމް ޖޮންގ ނަމްގެ ފަހަތަން އައި ދެ އަންހެނަކު، ނަމްގެ މޫނުގައި އަތް އުނގުޅާތަން ފެނެއެވެ. އެ ދެ އަންހެނުންނަކީ އިންޑޮނީޝިއާގެ ރައްޔިތެއް ކަމަށްވާ ސިތީ އައިސިޔާ އަދި ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ޑޮއަން ތީ ހުއޮންގ ކަމަށް މެލޭޝިއާގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.

މެލޭޝިއާގެ ކަމާއިގުޅޭ އިދާރާތަކުން ވަނީ، ވިހަގަދަ ނާރވް އޭޖެންޓެއް ކަމަށްވާ 'ވީއެކްސް' ކިމް ޖޮންގ ނަމްގެ މޫނުގައި އުނގުޅުމަށް އެ ދެއަންހެނުން ތަމްރީންކޮށްފައިވަނީ އުތުރު ކޮރެއާގެ އޭޖެންޓުން ކަމަށް ތުޙުމަތުކޮށްފަ އެވެ.

މެލޭޝިއާގެ ކޯޓެއްގައި ހޯމަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އެމީހުންގެ ވަކީލުން ވަނީ، އެކަން ދޮގުކޮށްފައެވެ. އަދި އެ ދެމީހުން ލައްވާ ބަޔަކު އެކަން ކުރުވާފައިވަނީ ޕްރޭންކް ޓީވީ ޝޯވ އެއްގެ ބައެއްގެ ގޮތުގައި ދައްކައިގެން ކަމަށް ހުއޮންގ އާއި އައިސިޔަގެ ވަކީލުން ބުނެއެވެ.

ހޯމަ ދުވަހު މެލޭޝިއާގެ ކޯޓެއްގައި ބޭއްވި އަޑުއެހުމަށް ވަޒަން ނާރާ ވެސްޓް ލައިގެން މި ދެ އަންހެނުން ހާޒިރުކުރިއިރު، ގިނަ އަދަދެއްގެ ފުލުހުން އެމީހުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެފައިވެ އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު