Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ހާވީ

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017 | ހޮނިހިރު 11:49

މިހާރު ހުރީ ކެޓެގަރީ 1 ގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 އޯގަސްޓު 2017 | ހޮނިހިރު 11:49
ޓެކްސަސް އަށް ދަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހެމުން

ޓެކްސަސް އަށް ދަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހެމުން

އެމެރިކާގެ ޓެކްސަސް އަށް މިހާރު އަރާފައިވާ ތޫފާން ހާވީ ގެ ބާރު މިހާރު ދަށްވެފައިވާ ކަމަށާއި މިހާރު ހުރީ ކެޓެގަރީ 1 ގައި ކަަމަށް އެމެރިކާގެ ނެޝެނަލް ހަރިކޭން ސެންޓަރުން ބުނެފިއެވެ.

އެހެނެްނަމަވެސް އޮފިޝަލުން ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭއިރު، "ވަރަށް ބޮޑަށް ފެންބޮޑުވާނެ" ކަމަށްވެސް ބެލެވެއެވެ.

ތޫފާން ހާވީ ޓެކްސަސް އަށް އެރިއިރު ހުރI ކެޓެގަރީ 4 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓެކްސަސްގެ އައްސޭރި ފަށަށް މިހާރު އަރާފައިވާ ތޫފާން ހާވީއަކީ ވޭތުވެދިޔަ 12 އަހަރުގައި އެ ސްޓޭޓަށް އެންމެ ގެއްލުން ދެނެވި ތޫފާނަށް ވެގެންދާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސަސް ސްޓޭޓަށް ކާރިސާގެ އެހީދިނުމާ ބެހޭ ގަރާރުގައި ސޮއި ކުރައްވާފައެވެ. ގެެއްލުން ލިބޭ ސަރަހައްދުތަކަށް އެ ގަރާރުގެ ދަށުން އެމެރިކާގެ މައި ސަރުކާރުން އެހީ ލިބިގެން ދާނެއެވެ.

ތޫފާން ހާވީއާ ބެހޭ ގޮތުން ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ޓެކްސަސްގެ އެކި ސަރަހައްދުތަކުގައި ރިކޯޑް އަދަދަކަށް ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތޫފާން ހާވީ ޓެކްސަސް އަށް އެރުމާ ގުޅިގެން މިހާރު ވެސް ބައެއް ސަރަހައްދުތަކުގެ ގަސްތައް ބިމާ ހަމަވެފައިވާ ކަމަށްވެއެވެ. އަދި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
27 އެޕްރީލު 2017

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
12 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

12 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް