Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ މީހުންގެ މައްސަލަތައް

ގާސިމް، އަބްދުﷲ ރިޔާޒު އަދި ތޮއްޔިބުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ކޯޓަށް ފޮނުވަނީ!

6 އެޕްރީލު 2017 | ބުރާސްފަތި 15:20

ޕީޖީ އޮފީހުން ބުނީ ގާސިމްގެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 އެޕްރީލު 2017 | ބުރާސްފަތި 15:20
ގާސިމް، ރިޔާޒު އަދި ތޮއްޔިބު: އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ގިނަ ތހުމަތުމަތުތަކެއް ދަނީ ކުރަމުން

ގާސިމް، ރިޔާޒު އަދި ތޮއްޔިބު: އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ގިނަ ތހުމަތުމަތުތަކެއް ދަނީ ކުރަމުން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ އިތުރުން ސޯޝަލް މީޑީއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ މައްޗަށް ދައުވާ ކުރުމަށް ވަރަށް އަވަހަކަށް ކޯޓަށް ފޮނުވާނެ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރުހުރި ފަރާތަކުން ރައްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އިތުރުން ތޮއްޔިބު ޝަހީމްގެ މައްޗަށް ދައުވާކުރުމަށް ސަރުކާރުން ވަރަށް އަވަހަށް ބޭނުން ވާތީ އެކަން އެގޮތަށް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގާސިމްގެ މައްޗަށް ތުހުމަތު ކޮށްފައިވާ ރިޝްވަތުގެ މައްސަލަ މިހާރު ވަނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕީޖީގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފަ އެވެ. އެމައްސަލަ ދިރާސާ ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުރާސްފަތި ދުވަހުގެ ހެނދުނު މައުލޫމާތުދީފައިވާ އިރު، އެމައްސަލާގައި ގާސިމްގެ މައްޗަށް ދައުވާކުރުމަށް ބުރާސްފަތި ދުވަހު ކޯޓަށް ފޮނުވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މީގެ އިތުރުން އަބްދުﷲ ރިޔާޒުގެ މައްސަލަ ފުލުހުން ތަހުގީގު ނިންމާ ބުރާސްފަތި ދުވަހު ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަށާއި ތޮއްޔިބުގެ މައްސަލަ ވެސް ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދެއްކި ޕީޖީގެ ވަކީލަކު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް މިފަދަ މައްސަލަތަކުގައި ޕީޖީ އަމަލު ކުރަމުންދާތީ ޕީޖީ އޮފީހުގެ ގިނަ ގާނޫނީ ވަކީލުގެ މެދުގައި ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ގާސިމާއި ރިޔާޒު އަދި ތޮއްޔިބުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމްގެ މައްސަލަ ދިރާސާކުރަމުންދާ ކަމަށާއި ރިޔާޒާއި ތޮއްޔިބުގެ މައްސަލަ ދައުވަކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާކަން އެނގިފައިނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހަށް އެ ދެ މައްސަލަ ރަސްމީކޮށް "އެންޓަރ" ވެފައި ނުވާކަން އޮފިޝަލް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް