Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފެށުން

މަޖިލީހުގެ ޖަލްސާތައް ފަށަން އެންއީއޯސީއާ މަޝްވަރާކޮށްފައެއް ނުވޭ: މަބްރޫކް

25 މެއި 2020 | ހޯމަ 17:56

އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އިއުލާންކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް | 25 މެއި 2020 | ހޯމަ 17:56
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމިއިރު، އެންއީއޯސީއާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާކަމަށް އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ، މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ އަންގާރަ ދުވަހު އެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެކަން އިއުލާންކޮށްފަ އެވެ. އަދި މި ހާލަތުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީ އެއް ވެސް އެ އިދާރާއިން ވަނީ އާންމުކޮށްފަ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މަބްރޫކް ވިދާޅުވީ، އެންއީއޯސީއާ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ. ނަމަވެސް، މިކަން މަޖިލީހުން ކުރައްވާނީ ކަނޑައަޅާފައިވާ ގަވައިދުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއި ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ކުރެވިފައިވޭތޯ ބެލުމުން، އެ އިދާރާއިން އެންމެ ފަހުން ފޯނުން ގުޅާ އޮޅުންފިލުވާފައިވަނީ، ލޮކްޑައުން އުވާލަން ނިންމާފައިވާ ތާރީހާއި ގުޅޭގޮތުން ކަމަށެވެ. ޖަލްސާތައް ބޭއްވުމުގެ މަޝްވަރާއަކަށް މިހާތަނަށް އެދިވަޑައިގެންފައި ނުވާކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމެވި ސަބަބު ސާފުކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނޫ އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ނުބާއްވައި މަޑުކުރެވެން ނެތް ކަމަށެވެ. އަދި އެކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު، އަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުން އާންމުކޮށްފައިވާ އުސޫލަށް ބަލާއިރު، އެއްފަހަރާ ތަޅުމުގައި ތިބޭނީ 42 މެމްބަރުންނެވެ. އެއީ ގާތްގަނޑަކަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންނެވެ. އަދި ހުރިހާ މެމްބަރުންވެސް ޖަލްސާކުރާ މާލަމުގައި ތިއްބަވާއިރު، ފޭސް މާސްކު އެޅުމަށް ވަނީ އަންގާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެޗްޕީއޭ ގެ ހުއްދައެއް ނެތި ޖަލްސާތައް އަލުން ނުފެށޭން ކަމަށް ވިދާޅުވެފަ އ ެވެ. އަދި އެއީ ގާނޫނާ ހިލާފުކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަދި މިހާރުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ، މަޖިލީހަށް ހާޒިރުވެގެން ޖަލްސާ ބޭއްވޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އެއީ ގާނޫނާ ހިލާފުކަމެއް ކަމުގަ އެވެ.

މި ދަނޑިވަޅުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ޤާނޫނާއި ހިލާފުކަމެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވާފައިވާ ލޮކްޑައުންގެ އަމުރުތަކުގައި އިސްތިސްނާ ހާލަތްތަކެއް ފާހަގަކޮށްފައިވާކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ނުކިމެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި ޤާނޫނީގޮތުން އޮތްގޮތް އެނގިވަޑައިނުގްނަވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ލޮކްޑައުންގެ އުސޫލުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުހިމެނެ އެވެ. އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ސަލާމަތީ ބާރުތަކާއި ސިއްހީ މަސައްކަތްތެރިންނާއި އެންއީއޯސީން ފާސްދޫކޮށްފައިވާ މީޑިއާތަކާއި އެހެނިހެން ފަރާތްތަކުގެ އިތުރުން ހުއްދަ ލިބިގެން މަގުތަކަށް ނިކުންނަ އާންމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް