Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމްގެ ކޯޅުން

ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!

ރައީސްގެ އެންމެ އަރިހުގައި ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި، މިނިސްޓަރ މުހައްމަދު ސައީދު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 02:06
ޕީޕީއެމްއަށް މެމްބަރުން ގުޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ރައީސް ޔާމީންގެ (ވ) ފަހަތު ސަފުގައި ޕީޖީ ލީޑަރު ނިހާން

ޕީޕީއެމްއަށް މެމްބަރުން ގުޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ރައީސް ޔާމީންގެ (ވ) ފަހަތު ސަފުގައި ޕީޖީ ލީޑަރު ނިހާން

ޕީޕީއެމަށް މެމްބަރުންތަކެއް ގުޅުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ދެ ވަނަ ގޮނޑި ބަރީގައި އިންނެވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކުގައި, މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވާ އަހުމަދު ނިހާން ހުސެއިން މަނިކަށް އާންމު ގޮތެއްގައި ކުރީ ސަފުން ޖާގަ ލިބިގެންދެ އެވެ. އޭގެއިތުރުން ޕީޕީއެމްގެ ރަސްމިއްޔާތެއް ނަމަ، ރައީސްގެ އެންމެ އަރިހުގައި އިންނަވާ މެމްބަރުންގެ ތެރޭގައިވެސް މެމްބަރު ނިހާން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެންމެފަހުން ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ފެނުނީ ތަފާތު މަންޒަރެކެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ގުޅުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އަހުމަދު ނިހާން ހުސެއިން މަނިކަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިންނެވުމަށް ޖަގާ ލިބިވަޑައިގެންފައެއް ނުވެއެވެ. އޭގެއިތުރުން ކުރީ ސަފުގައި އިންނެވުމަށްވެސް ނިހާނަށް ފުރުސަތެއް ނުލިބުނު އެވެ. އޭގެ ބަދަލުގައި ނިހާނަށް އިންނަވަންޖެހިވަޑައިގެންނެވީ ރައީސްގެ ގޮނޑި ބަރީގެ ފަހަތުގަ އެވެ.

ރައީސްގެ އެންމެ އަރިހުގައި ޕީޕީއެމްގެ ނަިއބް ލީޑަރު އަބްދުއް ރަހީމް އަބްދުﷲ އާއި، މިނިސްޓަރ މުހައްމަދު ސައީދު އިންނެވިއިރު، ކުރީ ސަފުގައި ދެން ތިއްބެވީވެސް ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންނެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގައި ކުރިން ހުންނެވުމަށްފަހު، ޕާޓީ ބަދަލުކުރެއްވި އަހުމަދު މުބީނާއި، އެމްޑީޕީގައި އިންނެވުމަށްފަހު ޕާޓީ ބަދަލުކުރެއްވި އަބްދުﷲ ޔާމީން ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމް ޖަލްސާގެ ކުރީ ސަފުގައި މެމްބަރު މުބީނާއި، މެމްބަރު ޔާމީން -- ފޮޓޯ: ޓުވިޓަރ

ޖަލްސާގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު، ފަހަތު ސަފުގައި ނިހާން އިންނަވަނަޖެހުނު ސަބަބާމެދު ގިނަ ބަޔަކު ސުވާލުތައް އުފައްދާފައިވެއެވެ. އެގޮތުން ނިހާން ފަހަތު ސަފުގައި އިންނަވަންޖެހުނީ ރައީސް އިތުބާރު ނުކުރައްވާތީކަމަށާއި، އޭއީ ލީކުވި އޯޑިއޯތަކުގެ ސަބަބުންކަަށް ބައެެއް ފަރާތްތަކުން ބުނެފައިވެއެވެ.

ދާދިފަހުން ވަނީ ނިހާންގެ އަޑުކަމަށް ބެލެވޭ، ބޭފުޅެއްގެ އަޑު ހިމެނޭ ގިނަ އޯޑިއޯތަކެއް އާންމުވެފައެވެ. ބައެއް އޯޑިއޯތަކުގައި ސަރުކާރަށާއި، ސަރުކާރުގެ ބައެއް މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކަކީ އާންމުކޮށް، ވަރަށް ބޮޑަށް ތައްޔާރުވުމަށްފަހު ބާއްވާ ޖަލްސާތަކަކާއި އެއްވުންތަކެކެވެ. އެގޮތުން އިށީންނާނެ ގޮނޑިތައް ހުންނަނީ ނަން ނޯޓުކުރެވި ތަރުތީބްކުރެވިފައެވެ. އެހެންކަމުން އެއީ އޮޅުމަކުންވީ ކަމެއްކަމަށްވެސް، ފާޑުކިޔާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.

މި ހަބަރާއި ގުޅޭގޮތުން ނިހާންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު