Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލޫ ކޮމެޓީ

"ފްލޫ ކޮމެޓީ" މަޖިލީހަށް ހާޒިރުކުރުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި

5 އެޕްރީލު 2017 | ބުދަ 19:11

ކޮމެޓީ ބައްދަލުވުން އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 5 އެޕްރީލު 2017 | ބުދަ 19:11
މަޖިލިސް ކޮމެޓީ

މަޖިލިސް ކޮމެޓީ

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ރޯގާއެއް ކަމަށްވާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ބުދަ ދުވަހު 11:00ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެޗްޕީއޭގެ ކޮމެޓީގެ މެމްބަރުން ހާޒިރުކޮށް އެ ކޮމެޓީގެ ބައްދަލުވުމެއް ބުދަ ދުވަހުގެ ރޭ 8:30 ގައި ބޭއްވުމަށެވެ. ނަމަވެސް އެ ކޮމެޓީގެ ބައްދަލުވުން ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބަދަލުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެކުރިން ވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އެބައްދަލުވުން ފަހުން ވަނީ މަޖިލީހުން ކެންސަލް ކޮށްފަ އެވެ.

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމެޓީގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާފައިވެ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވީ މިއީ ސިޔާސީ ކަމަކަށް ހަދައި ބަހުސް ކުރުމަށްވުރެ ސީރިއަސް މައްސަލައެއް ކަމަށާއި މިހާރު ރޯގާގެ ހާލަތާއި މީގެކުރިން ކަންކަން ހިނގާފައިވާގޮތް ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ހުރިހާ ކޮމެޓީގެ މެމްބަރުން ނިންމެވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭގެ ޓެކްނިކަލް އެޑަވައިޒަރީ ކޮމެޓީގެ ބޭފުޅުން ހާޒިރުކޮށް އެޗްވަންއެންވަން ރޯގާގެ މައުލޫމާތު ހޯދުމަށެވެ.

މިފަހަކަށް އައިސް އެޗްވަންއެންވަން އިންފްލުއެންޒާގެ "ސްޓޭޓަސް" އެޗްޕީއޭއިން ހާމަ ކުރަމުން ނުދެއެވެ. ނަމަވެސް އެޗްޕީއޭއިން ބުނެފައިވަނީ އެޗްވަންއެންވަން އިންފްލުއެންޒާ ރޯގާ މިހާރު އާއްމު ހާލަތަކަށް ގޮސްފައިވާ ކަމަށާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންވެސް މަދުވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް