Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017 | ބުދަ 17:00

ގަރާރުގައި ވަނީ އެކަން ހުއްޓުވުމަށް ގޮވާލާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ފެބުރުއަރީ 2017 | ބުދަ 17:00
އެމްޑީޕީ: ޕީޕީއެމުން މަޖްބޫރުން މީހުން ވައްދާ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައި

އެމްޑީޕީ: ޕީޕީއެމުން މަޖްބޫރުން މީހުން ވައްދާ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައި

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއަށް ވަނުމަށް މަޖުބޫރުކުރުވަމުން ދާތީ މަޖިލީހުން އެކަމާ ގުޅޭ ގޮތުން ދެކޭ ގޮތް ބެލުމަށާއި އެކަން ހުއްޓުވުމަށް ގޮވާލާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ޤަވާޢިދުގެ 142 ވަނަ މާއްދާގެ ދަށުން މިޤަރާރު ހުށަހަޅަމުން އެމްޑީޕީން ބުނެފައިވަނީ އެ ޤަރާރަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ޕީޕީއެމްއަށް ވަނުމަށް މަޖުބޫރުކުރުވާ، ސޮއި ނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރުވާނޭކަމުގެ ބިރު ދައްކާ ޤާނޫނުއަސާސީ އާއި، ޤާނުނުތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ދިވެހި މަސައްކަތްތެރިންނަށް ކަށަވަރުކޮށްދޭ ހައްގުތަކުން ރައީސް ޔާމިން އާއި ސަރުކާރުގެ ވަޒީރުންނާއި، ރައީސް ޔާމިންގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުނާއި، ސަރުކާރު ކުންފުނިތަކުގެ އެކިއެކި އިސްވެރިން، މުވައްޒިފުންގެ ހައްގުތަކަށް އަރައިގަނެ، މުވައްޒިފުންގެ ކަރާމާތާއި އިޙްތިޔާރަށް އަރައިގަންނަމުންދާތީ މި ހަޑިމުޑުދާރު އަމަލު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށާއި، ސަރުކާރުން މި އަމަލު ހުއްޓުވުމަށް ގޮވާލައި ހުށަހަޅާ ޤަރާރެއް ކަމަށެވެ.

ޤަރާރުގައި ބުނެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 25 ވަނަ މާއްދާގައި އެއްވެސް މީހަކު އަޅުވެތިކޮށްގެނެއް ނުވާނެ ކަމަށާއި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮންނާތީ އާއި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓާންވާނެ ކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރާންވާނެ ކަމަށް ބަޔާންވެ އޮންނަ ކަމަށެވެ.

އދ.ގެ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރު) ގައާއި، މަސައްކަތްތެރިންންނަށް ޙާއްސަ އިންޓަނޭޝަނަލް ލޭބަރ އޯގަނައިސޭޝަންގައި ދިވެހިރާއްޖޭން ސޮއިކޮށްފައިވާއިރު، އަދި އިންޓަނޭޝަނަލް ކޮވިނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ގައި ދިވެހިރާއްޖެ ބައިވެރިވެފައިވަނީ އެ މުޢާހަދާގައި ބަޔާން ކުރާ ފަރުދީ ހައްޤުތައް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ކަމަށް އެމްޑީޕީން ބުނެ އެވެ. އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން، ޕީޕީއެމަށް ސޮއިކުރުވާ، ގިނަ މުއައްޒަފުންގެ ނުރުހުމުގައި އެ ޕާޓީއަށް ގަދަކަމުން ބައިވެރިކުރުވަމުން ދާތީ އާއި ސަރުކާރު ހިންގާ ޕާޓީއަށް ސޮއިނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ވެސް ގަރާރުގައި ބުނެ އެވެ.

އެމްޑީޕީން ބުނެފައިވަނީ ވަޒީފާގެ ބިރުދެއްކުމަކީ އެންމެ މީހާ ނިކަމެތިކޮށްލާ، އެމީހާގެ ކަރާމާތް އެންމެ ބޮޑަށް ގެއްލުވާލާ އެއް އަމަލު ކަމުގައި ވާތީ، ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގަންނަފަދަ ކަރާމަތްތެރި، އަޚްލާޤީ ގޮތުން ރިވެތި، މުދަލުގެ ގޮތުން ތިޔާގި ޤައުމެއް އުފެދިގެންދަނީ އެ ޤައުމެއްގެ މީސްތަކުންނަށް ލިބިފައިވާ މިނިވަންކަމާއި އަމިއްލަވަންތަކަމެއްގައި ހުރި އޮށްޓަރެއްގެ މައްޗަށްކަމުގައި ވެފައި، މިކަންކަން ފާޅުވެ ދެމެހެއްޓޭނީ މިނިވަންކަމާއެކު ތިމާ ބޭނުން ޖަމާޢަތެއްގައި ބައިވެރިވުމާއި ބައިވެރިވާން ބޭނުން ނޫންނަމަ، ބައިވެރިނުވުމުގެ ހައްޤު އޮންނަހާ ހިނދު، އެބާރު ތިމާއަށް އޮވެގެންކަމުގައި ވާތީ ކަމަށެވެ.

ޤަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 21 އަދި 25 ވަނަ މާއްދާގައި، ވަކި ކަމެއް ކުރުމަށް ޤާނޫނުން މީހަކަށް ބާރުލިބޭކަމަށްވާނަމަ، އެ ބާރު “ހެޔޮގޮތުގައި” ތަންފީޒުކުރުމަށްޓަކައި، އޭނާއަށް ސީދާ އަދި ނުސީދާ ބާރު ލިބިގެންވާކަމަށް ބަޔާންކުރާއިރު، ދިވެހި ރައްޔިތުން ގަދަކަމުން ވަކި ޕާޓީއަކަށް ވައްދަން އުޅުމުގައި، ޕީ.ޕީ.އެމް އިން “ހެޔޮގޮތުގައި” ބާރު ތަންފީޒުކޮށްފައިނުވާތީ، އެ ބާރު މި ހާލަތުގައި ބޭނުންކޮށްފައި އެ ވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށްކަމުގައި ވާތީ އެ ޢަމަލުކުށްވެރިކޮށް މަޖިލީހުން އެކަން ހުއްޓުވުމަށް ބާރުއެޅުމަށް އިޤްރާރުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް