Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް

ނައިބު ރައީސް، އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

ޤުރުއާނާބެހޭ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް އެތަނުގެ ޚިދުމަތް ފުޅާކުރުމަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެނައުން ބާރު ސްޕީޑްގައި ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެންފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 20 މެއި 2020 | ބުދަ 12:36
ނައިބު ރައީސް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވުން

ނައިބު ރައީސް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވުން

ނައިބު ރައީސް ފައިސަލް ނަސީމް، މިނިސްޓަރ އޮފް އިސްލާކިމް އެފެއަރޒް ޑރ އަޙްމަދު ޒާހިރާއި އެ މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި ކޮވިޑް-19ގެ މި ހާލަތުގައި މަސައްކަތްތައް ކުރިޔަށްގެންދާ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، ޤުރުއާނާ ބެހޭ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް އެތަނުގެ ޚިދުމަތް ފުޅާކުރުމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ވީހާވެސް އަވަސް ސްޕީޑެއްގައި ކުރިޔަށް ގެންދެވުމަށް އެދިވަޑައިގެންފައި ވެއެވެ. އަދި މިސްކިތްތައް ބިނާކުރުން ފަދަ ކަންކަމުގައި އިމާރާތުގެ ފެންވަރު ކަށަވަރުކުރުން ފަދަ ކަންކަމާއި ތަނުގެ ބޭނުން ހިފާ ހުރިހާ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ހިފޭނެ ގޮތްތަކަށް ޑިޒައިން ކުރުމުގައި އިސްކަން ދިނުންފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ހަމަ އެހެންމެ ކޮވިޑް-19ގެ ހާލަތަށް ފަހު މިސްކިތްތައް ހުޅުވާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާއި ޤުރުއާން ޓީޗަރުން އުފެއްދުމާއި އަތޮޅުތަކުގައި ޤުރުއާން ކުލާސްތަކުގެ ކަންކަން ހަރުދަނާކޮށް ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވަނީ އެ މިނިސްޓްރީގެ ދަށުން މިދުވަސްވަރު ކުރަމުން އަންނަ މައިގަނޑު މަސައްކަތްތައް ފާހަގަކުރައްވައި، ޚާއްޞަކޮށް މި ރަމަޟާން މަހު ދީނީ ޕްރޮގުރާމުތަކާއި ދަރުސްތައް ދިނުމަށް ކުރި އިންތިޒާމުތައް ފާހަގަކުރައްވާފަ އެވެ.

އަދި ޒަކާތުގެ ކަންކަމާއި މިއަހަރުގެ ޙައްޖާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް މިނިސްޓްރީގެ އޮފިޝަލުން ވަނީ ޙިއްޞާކުރައްވާފަ އެވެ. މީގެ އިތުރުން ޤުރުއާނާ ބެހޭ މަރުކަޒުން ކުރިޔަށް ގެންދާ ކޯސްތަކާއި ރަށްރަށުގައި ކުރިޔަށްގެންދާ ޤުރުއާން ކުލާސްތަކާ ބެހޭގޮތުންނާއި ޤުރުއާން ޓީޗަރުން ބޭނުންވާ ވަރަށް ނުލިބުމުގެ މައްސަލައާއި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މައިގަނޑު ގޮތެއްގައި މަޝްވަރާ ބިނާ ކުރެއްވީ ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތްތަކާއި އެކަންކަމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު