ރައީސް ޔާމީންގެ ހާލުކޮޅު ރަނގަޅު
18 މެއި 2020 | ހޯމަ 18:33މިހާލަތާއި ގުޅިގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށް ވިދާޅުވި


ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާލުކޮޅު ރަނގަޅު ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން އަހުމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅުންނާއި ދައުލަތުގެ އިސްމަޤާމުތައް ފުރުއްވަފައި ތިއްބަވާ ބޭފުޅުންނާއި މެދު އަމަލު ކުރަމުންދަނީ ޚާއްސަ އުސޫލަކުން ކަމަށާއި އެ އުސޫލް ހިފަހައްޓަމުންދާ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް ޔާމީންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށާއި ކޮވިޑް-19 ގުޅިގެން އަދި މިހާލަތާއި ގުޅިގެންވެސް އެމަނިކުފާނު ފަތާތްޕުޅުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ އާންމު އުސޫލްގެ ތެރެއިން ފުރިހަމަ ކުރާ ހުރިހާ ކަންކަން ޤަވާއިދުން ފުރިހަމަ ކުރޭތޯ އެބޭފުޅުން ބަލާ އެކަަންކަން ކަށަވަރު ކުރައްވަމުންގެންދާ ކަމަށެވެ.









