Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން

ނިއުޒިލޭންޑުގެ އެންމެ ހަގު އަދި އެންމެ މަޤްބޫލު ބޮޑުވަޒީރު- ޖަސިންޑާ އާޑެން

ނިއުޒިލޭންޑުގައި މިހާތަނަށް 1499 ކޭސް ރިޕޯޓް ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 16:11
ޖަސިންޑާ އާޑެން- އެކަމަނާ ނިއުޒިލެންޑްގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

ޖަސިންޑާ އާޑެން- އެކަމަނާ ނިއުޒިލެންޑްގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

ނިއުޒިލޭންޑުގެ އެންމެ މަޤުބޫލު ބޮޑުވަޒީރަކު ހޮވުމަށް ނެގި ވޯޓަކުން އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މިހިނގާ މޭ މަހުގެ 8 ވަނަ ދުވަހުން 16 ވަނަ ދުވަހަށް އެ ޤައުމުގައި ނެގުނު ރިސާރޗް ޕޯލެއްގެ ނަތީޖާ ދައްކާގޮތުން އުމުރުފުޅުން 39 އަހަރުގެ ޒުވާން ބޮޑުވަޒީރު ޖަސިންޑާއަށް ވަނީ 59.05 އިންސައްތަ މީހުންގެ ވޯޓު ލިބިފައެވެ، އަދި މިއީ މި ޤަރުނުގައިވެސް އެ ޤައުމުގެ ބޮޑުވަޒީރަކަށް އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފަހަރުކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، މިއީ މި ޕޯލް އިންތިޒާމުކުރި ފަރާތުން މިހާތަނަށް ނެގި ވޯޓުތަކުގައި ހިމެނޭ ލީޑަރަކަށް މިހާ ގިނަ ވޯޓު ލިބިގެންދިޔަ ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުޒިލޭންޑުގެ މި ޤަރުނުގެ އެންމެ މަޤުބޫލު ބޮޑުވަޒީރުކަން ޖަސިންޑާއަށް ލިބިފައިވާއިރު، އެ ޤައުމު ދުއް އެންމެ ހަޤު ބޮޑުވަޒީރަށް ދުނިޔޭގެ ތައުރީފުވެސް އޮހެމުންދާލެއް މަދެއް ނޫނެވެ. އެގޮތުން ނިއުޒިލޭންޑުގައި ކޮވިޑް-19 އާ ދެކޮޅަށް އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަންވެސް ލިބިގެން ގޮސްފައިވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަސިންޑާ ވަނީ އެ ޤައުމުގައި ލެވެލް-4 ގެ ލޮކްޑައުން އިއުލާނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެއަށްފަހު ޤައުމުގެ ޙާލަތަށް ރިއާޔަތް ކުރައްވައި ލެވެލް-3 ގެ ލޮކްޑައުންއަކަށް ބަދަލު ކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ޤައުމުގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވި، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކެފޭތަކާއި، ސިނަމާތަކުގެ އިތުރުން، މޯލްތައްވެސް ހުޅުވާލެވިފައެވެ.

ނިއުޒިލޭންޑުގައި މިހާތަނަށް 1499 ކޭސް ރިޕޯޓް ކުރެވިފައިވާއިރު، 21 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. އަދި ފާއިތުވި ހަފްތާތަކުގައި އެ ޤައުމުން ދުވާލެއްގެ މައްޗަށް ފެންނަމުންދިޔަ ކޭސްތައް ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

ޖަސިންޑާ އާޑެންއަކީ ޤަރުނުގެ އެންމެ މަޤުބޫލު ބޮޑުވަޒީރު ގޮތުގައި އެ ޤައުމުގެ ރައްޔިތުން ސިފަ ކުރާއިރު، މީގެ ކުރިންވެސް ޖަސިންޑާ ވަނީ އެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންގެ ލޯބި ހޯދާފައެވެ. އެގޮތުން ޖަސިންޑާގެ ލީޑަރޝިޕްގެ ދަށުން އެ ޤައުމު ދުއް އެންމެ ކަޅު އެއް ދުވަސް ކަމަށްވާ "ކްރައިސް ޗަރޗް ހަމަލާ" ގެ ދުވަހު ޖަސިންޑާ އެ ޤައުމުގައި އުޅޭ މުސްލިމުންނާ ބެހެއްޓެވި ގާތްކަމާއި އެކަމުގައި އެޅުއްވި އަވަސް ފިޔަވަޅުތަކަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ފާހަގަކުރި ކަމެކެވެ.

އެ ހަމަލާ އަކީ ސީދާ ''ޓެރަރިސްޓް'' ހަމަލާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ސިފަކުރެވީވެސް އެކަމަނާއެވެ. ހަމަލާގައި ބިކަވި އާއިލާތަކަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން މުސްލިމުންގެ އާދައާ އެއްގޮތަށް ހެދުންތުރުކުރައްވައި އިސްތަށިފުޅު ނިވާކުރެއްވިއެވެ. އެކަމަނާ ވަނީ މި ހަމަލާގައި ބިކަވި އާއިލާތަކާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އާއިލާތަކަށް ހިތްވަރު ދެއްވާފައެވެ. ހަމަލާގެ ދެ ދުވަސް ފަހުން މާރޗް މަހުގެ 17 ވަނަ ދުވަހު ބޮޑުވަޒީރު އާރޑަން ވަނީ ނިއުޒިލޭންޑްގައި ބަޑި ގެންގުޅުމުގެ އުސޫލަށް ބަދަލު ގެންނަވާފައެވެ. މިފަދަ އެތައް ކަމަކުން ތަފާތު އެކި ދީންތަކުގެ މީހުންގެ ލޯތްބާއި ޤަދަރުވެސް އެކަމަނާއަށް އޮހިގެން ދިޔައެވެ.

އޭގެ އިތުރުން، ނިއުޒިލޭންޑްގެ ގައުމީ ޓީވީން އެ ޤައުމުގައި ބޮޑު ޖަމާޢަތުގައި ކުރި ހުކުރު ނަމާދު ވަގުތުން ދުރަށް ދައްކާފައިވާއިރު، މިއީ އެގައުމުގެ ތާރީހުގައިވެސް ހުކުރު ނަމާދު ލައިވްކުރި ފުރަތަމަ ފަހަރެވެ. އަދި ހުކުރު ނަމާދު ފެށުމުގެ ކުރިން ބޮޑުވަޒީރު އާރޑަން ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއިރު، އެކަމަނާގެ ވާހަކަފުޅު ފެއްޓެވީ ރަސޫލާ ﷺ ހަދީޘްފުޅެއްގެ އިނގިރޭސި ތަރުޖަމާއިންނެވެ. މިކަންކަމުންވެސް އެކަމަނާއަށް މީހުން ކުރި ޤަދަރާއި އިޙުތިރާމް އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

ޖަސިންޑާ އާޑެން ނިއުޒިލެންޑްގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެކަމަނާއަކީ 1856 ވަނަ އަހަރުގެ ފަހުން އެޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު