Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޠުރު ޢީދު ނަމާދު ގޭގައި ކުރުން

ފިތުރު އީދު ނަމާދުވެސް ގޭގައި ކުރުމަށް ނިންމައިފި

18 މެއި 2020 | ހޯމަ 09:28

ގޭގައި ވެސް އީދު ނަމާދު ކުރާނީ މިސްކިތުގައި އީދު ނަމާދު ކުރާ ގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2020 | ހޯމަ 09:28
ފައިލް ފޮޓޯ: މިއަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރޭ

ފައިލް ފޮޓޯ: މިއަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރޭ

މިއަހަރުގެ ފިޠުރރު ޢީދު ނަމާދު ވެސް ޖަމާޢަތުގައި ކުރުމުގެ ބަދަލުގައި ގޭގައި ކުރާ ގޮތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ޤާއިމުކުރުމަކީ އިސްލާމް ދީނުގެ ވަރަށް މަތިވެރި ޝިޢާރެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު މުޅިދުނިޔެއަށް ކުރިމަތިވެފާމިވާ، ނުރައްކާތެރި ޢާލަމީ ވަބާއިން ރައްކާތެރިވުމަށްޓަކައި، ގެއިން ބޭރަށް ނުކުމެ، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުން މަނާވެ، މިސްކިތުގެ ޖަމާޢަތް ހުއްޓާލެވި، ގޭގައި މަޑުކުރަން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މިފަދަ، ޝަރުއީ ޢުޛުރެއްގެ ސަބަބުން، އީދު ނަމާދުގެ ޢާންމު ބޮޑު ޖަމާޢަތް ޤާއިމު ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިޢާރު ޤާއިމުކުރުން ޝަރުޢުވެގެން ވާ ކަމަށެވެ.

އެގޮތުން ޝަރުޢީ ޢުޛުރެއްގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާޢަތުގައި ޢީދު ނަމާދު ކުރައްވާކަމަށް ޞައްޙަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެފަދަ ޙާލަތުގައި ގޭގައި ޢީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް ޢީދު ނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް ޢީދު ނަމާދުގެ ޚުޠުބާއަކީ ޙާކިމާގެ އަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި ޢީދު ނަމާދު ކުރާއިރު ޚުޠުބާ ދިނުމެއް ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޢީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ޤަމަތް ދިނުމަކާ ނުލައެވެ. ގޭގައި ޢީދު ނަމާދު އެކަނި ވެސް ކުރެވޭނެ އެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާޢަތުގައި ކުރުން އަޢުލާކަން ބޮޑުވެގެން ވެއެވެ.

ގޭގައި އީދު ނަމާދު ކުރާއިރު ޢަމަލުކުރާ ގޮތް

1- ޢީދު ނަމާދުގެ ވަގުތު ވަންނާނީ ލޮންސިއެއްގެ މިންވަރަށް (ގާތް ގަޑަކަށް އިރު އަރާ ވަގުތުން ފެށިގެން 20 މިނެޓް) އިރު އެރުމުންނެވެ.

އެންމެންގެ މަސްލަޙަތަށްޓަކައި ރާއްޖޭގައި ޢީދު ނަމާދު ކުރަން ފަށަނީ 7:30 ގައެވެ.2- ޢީދު ނަމާދުގެ ކުރިންނާއި ޢީދު ނަމާދުގެ ފަހުންވެސް ތަކްބީރު ކިޔުން ގިނަކުރުން ސުންނަތްކަން ގަދަވެގެން ވެއެވެ.

މިޙާލަތުގައި 1441 ވަނަ އަހަރުގެ ފިޠުރު އީދު ނަމާދުގެ ބޮޑު ޖަމާޢަތް ނުހެދުމަށާއި، ގޭގައި އީދު ނަމާދުކުރުމަށް ނިންމާފައި ވާތީ، އެގޮތުގެ މަތިން ޢަމަލުކުރުމަށާއި، އެކަން ރައްޔިތުންނަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ނުހެދުނު ނަމަވެސް ގޭގައި ޢީދު ނަމާދު ކުރުމަށާއި، ގިނަގިނައިން ތަކުބީރުކިޔައި، ދުޢާކޮށް، ޝަރުޢީ ހަމަތަކުގެ މަތިން ރައްކާތެރިކަމާއެކު، ގޭގެ އަހުލުންނާއެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރި ވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް