Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫއަށް ކުރަމުންދާ މޫސުމީ ވިއްސާރަ

ކްލައިމެޓް އެމަޖެންސީއަކީ ޖޯކެއް ނޫން: މެންބަރު ނިހާދު

544 ގެއަކަށް ގެއްލުންވިކަމަށް ރެކޯޑް ކުރެވިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 07:42
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު: އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ފޭދޫ އަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވ

ކްލައިމެޓް އިމަރޖެންސީއެއް ރައްޔިތުން މަޖިލީހުން ފާސްކޮށްފައި ވަނީ ޖޯކަކަށް ނޫންކަމަށާއި، ކްލައިމެޓް އިމަރޖެންސީއަށް ހުރިހާ ފަރާތްތަކުން އިޙުތިރާމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފި އެވެ.

ނިހާދު މިގޮތަކަށް ގޮވާލެއްވީ، އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރަގައި ރާއްޖޭގެެ ރަށްތަކަށް ވަކިން ޚާއްޞަކޮށް، އައްޑޫ ސިޓީއަށާއި އައްޑޫ ސިޓީ ފޭދުއަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ފަހު، އެމައްސަލައަށް ބަހުޘް ކުރައްވަމުން ނެވެ.

Advertisement - newsAdvertisement

ނިހާދު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކްލައިމެޓް އިމަރމަޖެންސީއެއް އިޢުލާނު ކޮށްފައިވާނެ ކަމަށެވެ. އަދި މިކަމާބެހޭ ގޮތުން އެކިއެކި ފޯރަމްތަކުގައި ވާހަކަދައްކަމުންދާ ކަމަށެވެ.

ނިހާދު ވިދާޅުވީ، ސިޓީ ކައުންސިލްތަކެކޭ އެއްފަދައިން ހުރިހާ ކައުންސިލްތަކަކުން ވެސް އެ ދާއިރާއެއްގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނުގެ ދަށުން މޫސުމަށް އަންނަ ބަދަލުތައް ދެނަގަތުން މުހިންމު ކަމަށެވެ. އެގޮތުން ވިއްސާރަ މޫސުން އަންނަންވާއިރަށް ތައްޔާރުވެ، ފެންބޮޑުވާ ރަށްތަކުން ފެން ހިންދުމަށްޓަކައި ރަނގަޅު ނިމާޒެއް ޤާއިމުކޮށް، ރައްޔިތުންނާއި، ގެދޮރާއި، މުދާ ސަލާމަތްކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ފަށައިގަންނަން ޖެހޭ ކަމަށެވެ.

ނިހާދު ވިދާޅުވީ، މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި، ފޭދޫން އެކަނިވެސް 544 ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ނިހާދު ވިދާޅުވީ، ފެން ހިންދުމަށްޓަކައި ފޭދޫގައި ހޮޅިލައިނެއް މީގެކުރިން އޮތް އެޅި ކަމަށެވެ. އެހެންނަމަވެސް، މީގެކުރިން އެ ހޮޅިތަކުން ފެން ބޭރުވާ މިންވަރަށް މިހާރު އެހޮޅިތަކުން ފެން ބޭރުނުވާކަމަށް ވެސް ނިހާދު ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ފޭދޫގެ ބިން މިދިޔަ ސަރުކާރުން ހިއްކި ކަމަށާއި، އެބިން ހިއްކުމުގެ ތެރޭގައި ފޭދޫގައި އޮތް ފެން ހިންދުމުގެ ނިޒާމު އޮތީ "ވަޅުލާފަ" ކަމަށެވެ. ނިހާދު ވިދާޅުވީ، އެއީ ޤަސްތުގައި ކުރިކަމެއް ކަމަށް ޤަބޫލުކުރަން ދަތި ކަމަށާއި، ނަމަވެސް އެއީ އެއްވެސް ޕްލޭނެއް ނެތި ބިން ހިންކުމުން ދިމާވި ކަމެއްކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، މިއަދު އެ ފެންހިންދާ ނިޒާމުގެ ދަށުން ފެން ހިންދޭނެ 'އެއްވެސް ގޮތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ' ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ ބިން ހިއްކުމުގެ ތެރެއިން، ވަޅުވީ ހަމައެކަނި ފެންހިންދާ ނިޒާމު ނޫން ކަމަށާއި، ރަށްވަށާލާފައިވާ ބޮޑު ހިލަތައްވެސް ވަނީ ވަޅުލާފަ ކަމަށެވެ. އެއީ އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށްވެސް ނިހާދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު ޖުލައި މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމަށް 18 މިލިއަން ރުފިޔާއަށް ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާ އިރު، މިހާތަނަށް އެ މަޝްރޫޢު ނިންމާފައެއް ނުވެއެވެ. ހޮޅިލައިންތަކެއް އެޅިނަމަވެސް ޕަމްޕް ސްޓޭޝަންތައް ޤާއިމުކޮށްފައެއް ނުވެއެވެ.

އެ މަޝްރޫޢުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެފައި ވަނީ، ފޭދޫ އަކީ ޒަމާނުއްސުރެ ވެސް ފެން ބޮޑުވުމުގެ މައްސަލަ ދިމާވެފައިވާ ރަށެއް ކަމަށާއި އަދި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރެވިގެން ދާއިރު ފޭދޫގައި ދިމާވެފައިވާ ފެން ހިންދުމުގެ މައްސަލައަށް ވަަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއު އެއް އަހަރު ތެރޭގައި ނިމިގެންދާނެ ކަމަށްވެސް ޠާރިޢު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު