Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ކ. ހިންމަފުށީގެ ޙާލަތު

ހިންމަފުށިން މިހާތަނަށް 146 ސާމްޕަލްއެއް ނަގައިފި

ޑީޓީއާރްސީން ނެގުނު 36 ސާމްޕަލް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2020 | އާދީއްތަ 17:26
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް- މަބްރޫކު ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 146 ސާމްޕަލް ނަގާފައިވާކަމަށް

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް- މަބްރޫކު ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 146 ސާމްޕަލް ނަގާފައިވާކަމަށް

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ޑީޓީއާރްސީ) އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ހެދުނު ކޮންޓެކްޓް ޓްރޭސިންއާ ގުޅިގެން 146 ސާމްޕަލް ނަގައިފި އެވެ.

އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 146 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ޑީޓީއާރްސީން ނެގުނު 36 ސާމްޕަލްއަކާއި، ހިންމަފުށީ އައްސޭރި ޖަލުން ނެގުނު 37 ސާމްޕަލްއަކާއި، އެރަށު އިންޑަސްޓްރިއަލް ސަރަޙައްދުން ނެގުނު 45 ސާމްޕަލެއްގެ އިތުރުން، ހިންމަފުށީ ރަށުގެ އާބާދީ ތެރެއިން ރެންޑަމް ސާމްޕްލިންގެ ތެރެއިން ނެގުނު 28 ސާމްޕަލެއް ކަމަށެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެކަން ހިނގި ކަމަށް ބެލެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުންކަމަށް ކޮވިޑް-19 ޓާސްކްފޯހުން ހާމަކޮށްފައިވެއެވެ.

އެއާއެކު މިހާރުގެ ސިޔާސަތަކީ މީހުން ބަންދު ކޮށްގެން ގެންގުޅޭ ތަންތަނުން ސާމްޕަލްތައް ނަގައިގެން ޓެސްޓް ކުރުން ކަމަށާއި، ވަކިން ޚާއްސަކޮށް މިގޮތަށް ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން ތިބޭ ތަންތަނުން ސާމްޕަލްތައް ނެގެމުންދާނެކަން ޓާސްކްފޯހުން ހާމަ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި
29 މާރިޗު 2017

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި

29 މާރިޗު 2017
ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނަގައިފި
27 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު