Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންފްލުއެންޒާ އެޗްވަންއެންވަނ

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

ސިޒޭރިއަން ހެދި މީހާގެ ހާލު އަންނަނީ ރަގަޅު ވަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 މާރިޗު 2017 | ހޯމަ 12:38
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހަދައި، ކުއްޖާ ނެގި އަންހެން މީހާގެ ހާލު ރަގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ ސިޒޭރިއަން ހަދަން ޖެހުނު މީހާއަށް ކުރިން ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަަމަށެވެ. އަދި ހާލު ރަގަޅުވަމުން އަންނަކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ. އެެހެން ނަމަވެސް އަދިވެސް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެެވެ.

Advertisement - newsAdvertisement

އައިޖީއެމްއެޗުން ބުނީ އޮޕަރޭޝަން ކުރުމަށް ފަހު ދުވަސް ނުފުރާ ނަގަން ޖެހުނު ކުއްޖާ އަދިވެސް އޮތީ އައިސީޔޫގައި ކަަމަށެވެ. އެކުއްޖާ ބަނޑުން ނަގާފައި ވަނީ ހަ މަހުގަ އެވެ.

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހޭ މާބަނޑު މީހުންނަށް ބަލީގައި ބޮޑުވަރުވާއިރު އާދިއްތަ ދުވަހު ވަނީ 29 އަހަރުގެ މާބަނޑު މީހެއް ވެސް މަރުވެފަ އެވެ. އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 5 މީހުން މިހާރު ވަނީ މަރުވެފަ އެވެ.

އައިޖީއެމްއެޗުން އަންނަނީ މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ވެސް ދެމުންނެވެ. އައިޖީއެމްއެޗުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ހޮސްޕިޓަލުގެ އައިސީޔޫގައި އަށް މީހަކަށް އަންނަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ފަރުވާ ދެމުންނެވެ. އެޗްޕީއޭ އިން ވަނީ މި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށާއި ބަލި ޖެހޭ ގިނަ މީހުން ރަގަޅު ވާކަން ފާހަގަކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށްޓަކާ ސާފުތާހިރު ކަަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު