Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރީއަތްކުރުމުގެ ހައިސިއްޔަތު

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީއާމެދު ފިޔަވަޅު އެޅީ ވ. ބޮޑުމޮހޮރާގެ މައްސަލައިގައި އިއްވި ހުކުމަކާ ގުޅިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ފެބުރުއަރީ 2017 | ބުރާސްފަތި 23:53
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ސިވިލް ކޯޓުގެ ގާޒީ, އައްޑޫ ފޭދޫ، ބެލޫން މަރިޔަމް ވަހީދު އެ ކޯޓްގައި ކުރިއަށް ގެންދަވައި ހުކުމް އިއްވުމާއެކު އެ ގާޒީގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި އެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްކުރުމުގެ ޝަރުއިއްޔަތާއި، އަހުމިއްޔަތާއި ވިލާޔަތު ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދު (ސ.ފޭދޫ/ބެލޫން)ގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުއަށް ލިބިގެންނުވާ ކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ." ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ވެއެވެ.

Advertisement - newsAdvertisement

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ރާއްޖޭގައި ފަނޑިޔާރަކާމެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނެގީ، ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، ވ. ބޮޑުމޮހޮރާ ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ބުރާސްފަތި ދުވަހު ހުކުމް ކުރައްވާފައިވާތީ ކަމަށެވެ.

މަރިޔަމް ވަހީދު މިގޮތަށް ހުކުމްކުރިޔަސް، އެ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުގެ މައްޗަށް ލާޒިމު އެއްވެސް އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓްގެ އަމުރުގައި ބުނެފައިވެ އެވެ. އަދި މަރިޔަމް ވަހީދު އިއްވި ހުކުމް ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ކަމަށް ވެސް ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު