Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގްތިޞާދުގެ ހާލަތު

ލިބުނު ފައިސާއިން ފޫބެއްދޭނީ މިހާރުގެ ޚަރަދުތައް އެކަނި، އިތުރު ފައިސާ ހޯދަން ކުރާ މަޝްވަރާތައް އުނދަގޫ

16 މެއި 2020 | ހޮނިހިރު 08:33

މާލީ 10 އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދުމަށް ރާއްޖެ އިން އަންނަނީ މަސައްކަތް ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މެއި 2020 | ހޮނިހިރު 08:33
ފިނޭންސް މިނިސްޓްރީ- ރާއްޖޭގެ އިގްތިޞާދަށް އަންނަމުންދާ ބަދަލުތައް ބަލާ ފިޔަވަޅުތައް އަޅަމުން އަންނަަކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ

ފިނޭންސް މިނިސްޓްރީ- ރާއްޖޭގެ އިގްތިޞާދަށް އަންނަމުންދާ ބަދަލުތައް ބަލާ ފިޔަވަޅުތައް އަޅަމުން އަންނަަކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު އާމްދަނީ ލިބޭ މިންވަރު މަދުވެފައި ވާތީ ބޭރު އެހީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ 200 މިލިއަން ޑޮލަރުން ހަމަޖެއްސޭނީ މިހާރަށް ކުރަން ހުރި ޚަރަދުތައް އެކަނި ކަމަށާއި އިތުރު އެހީ ހޯދުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުންދާ ވެބިނާ ސެޝަންގެ ތިން ވަނަ ސެޝަންގައި ކޮވިޑް-19ގެ އިގްތިސާދީ އަދި ފިސްކަލް ލޮޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް ބަލާފައި ވަނީ 29 ބިލިއަން ރުފިޔާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރުގެ ހާލަތަށް ބަލާ ބަހާފައިވާ ސިނާރިއޯތަކަށް ބަލާއިރު މިއަހަރު މިހާރު ލިބޭނެކަމަށް ބެލެވެނީ 15 ބިލިއަނާއި 17 ބިލައަނާ ދެމެދުގެ އަދަދެއް ކަމަށެވެ. އެއީ ސިނާރިއޯ 3 ކާއި ސިނާރިއޯ 4 ގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއެވެ.

މިއަހަރަށް ފާސްކޮށްފައިވާ 37 ބިލިއަން ރުފިޔާ ގެ ބަޖެޓުގެ ފައިނޭންސިންގ ގެޕް ކަވަރ ކުރަން ރާވާފައި އޮތީ ސޮވަރިން ބޮންޑް އިޝޫ ކުރުމުގެ އިތުރުން ޕްރޮޖެކްޓުތައް ހިންގުމަށް ނަގާ ލޯނުންނެވެ. ޕްރޮޖެކްޓުތަކުގެ ލޯނަކީ ލިބިފައިވާ ފައިސާ ނަމަވެސް ސޮވަރިން ބޮންޑަކީ މަރކެޓަށް ނިކުމެ ހޯދަން ޖެހޭ އެއްޗެކެވެ.

އެހެންނަމަވެސް މިހާރު މިހާލަތާއި ގުޅިގެން މާކެޓުގައި ހަރަކާތްތައް އެއްވެސް ވަރަކަށް ނެތްކަމަށާއި އެކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެހެންކަމުން ފައިނޭންސް ހޯދަން ދަތިވާކަމަށް ސަރުވަޝް ވިދާޅުވި އެވެ. ޚަރަދުތައް ކުޑަކުރެވެން ހުރި ދާއިރާތަކުން ޚަރަދުތައް ކުޑަކުރި ނަމަވެސް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އެހެންކަމުން ބަޖެޓުގެ ފައިނެންސިންގ ގެޕް ކުޑަކުރުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް ()އައިއެމްއެފް، ވަރލްޑް ބޭންކް އަދި އޮފިޑް ފަދަ ތަންތަނުން 200 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. މީގެއިތުރުން ޕްރައިވެޓް ބޭންކުތަކާ އެކުވެސް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މާލީ 10 އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދުމަށް ރާއްޖެ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ބައެއް އެހީތައް މިހާރު ވަނީ ލިބިފަ އެވެ.

ސަރުވަޝް މިދާޅުވީ މިފައިސާ ލިބުނުކަމަށް ވިޔަސް އޭގެން ކަވަރުކުރެވޭނީ މިހާރަށް ބޭނުންވާ ވަރުކަމަށެވެ.

ސަރުވަޝް ވިދާޅުވީ ފައިސާ ހޯދުމަށް މިހާރު ފުރަތަމަ ކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމަކީ ބޭރުގެ ހިލޭ އެހީ ހޯދުންކަމަށެވެ. އެކަމަށްޓަކައި ފޮރިން މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އަދި ބޭރުގެ ލޯނުތައް ހޯދުމަށް މަލްޓިލޭޓަރަލް އޯގަނައިޒޭޝަން ތަކާ އަދި ބޭންކު ތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. ދެން ފައިސާ ހޯދުމަށް ކުރެވެން އޮންނަ ކަމަކީ އެތެރޭގެ މަރކެޓަށް ޓީބިލް ވިއްކުމެވެ.

މިހާރު ބޮޑަށް ބުރަވެވެނީ ބޭރުގެ ލޯނާއި ހިލޭ އެހީއަށް ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެއީ މިވަގުތު ޓޫރިޒަމް ނެތުމާއި ގުޅިގެން ފޮރިން އެކްސްޗޭންޖްވެސް ވަރަށް ބޮޑު ދަތިކަމެއް ދިމާވެފައި ވުމުން ފޮރިން އެކްސްޗޭންޖް ރާއްޖޭގެ މަރކެޓް ތެރެއަށް ވެއްދުމަކީ މިވަގުތު މުހިންމު ކަމެއްކަމަށް ވެސް ސަރުވަޝް ވިދާޅުވި އެވެ.

އެހެންނަމަވެސް ފައިނޭންސިން ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށާއި އެކަމަށް ކުރަންޖެހޭ މަޝްވަރާ ތަކަކީ ވަރަށް އުނދަގޫ ވަގުތު ނަގާ މަޝްވަރާތަކެއް ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް މިދާޅުވީ ވަޒީފާތައް ގެއްލުމާއި ގުޅިގެން ޕެންޝަން އޮފީހަށް ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ޕެންޝަން އޮފީހުން ޓީބިލްގައި އިންވެސްޓް ކުރެވޭ މިންވަރުވެސް މިހާރު ބޮޑުތަނުން ދަށްވެފައި ވާއިރު އެތެރޭގެ މަރކެޓުން ވެސް ކުރިން ލިބޭ މިންވަރަކަށް މިހާރު ފައިސާ ނުލިބޭކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ކޭޝް ފްލޯއަށް ބަލާއިރު މިވަގުތު ވަރަށް ބޮޑު މިސްމެޗެއް އުޅޭކަމަށް ސަރުވަޝް ވިދާޅުވި އެވެ. ކޮވިޑް-19 ގެ ކަންތައް އައީ އާންމު ދިރިއުޅުމުގައި ކުރަމުން އައި މަސައްކަތްތައް ކުރަމުން ދަނިކޮށް ކަމަށާއި، ޙާލަތު ބަދަލު ވިޔަސް ކުރިންވެސް ދައްކަމުން އައި ބިލުތަކަށް ވެސް ގަވާއިދުން ފައިސާ ދައްކަންޖެހޭ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. ނަމަވެސް އާމްދަނީ ލިބުމުގައި ލޮކްޑައުންއާ ގުޅިގެން ދަތިކަން ހުރިކަން ފާހަގަކުރައްވާ ސަރުވަޝް ވިދާޅުވީ މި ޙާލަތުގައި މީރާ ހުޅުވައިގެން މަސައްކަތް ކުރެވެންވެސް ނެތް ކަމަށެވެ.

ހަމައެއާއެކު ވަންނަން ހުރި އާމްދަނީވެސް ލިބެން ނެތުމާއެކު، ކޭޝް ފްލޯގައި ދިމާވާ މި މައްސަލަ ޙައްލުކުރުމަށް 4.4 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން އޯވަރ ޑްރާފްޓް ކުރުމުގެ ހުއްދަ މިހާރު މަޖިލީހުން ދީފައިވާ ކަން ސަރުވަޝް ފާހަގަކުރެއްވި އެވެ. އެއީ ރިސްކު އެކުލެވޭ ކަމެއްކަމަށާއި ނަމަވެސް މިވަގުތުގެ ޙާލަތަށް ބަލާއިރު އެއީ ނަގަން ޖެހޭ ރިސްކެއް ކަމެއް ސަރުވަޝް ވިދާޅުވި އެވެ.

މީގެއިތުރުން ޑިމާންޑް ދަށްވެފައި ވުމުން ދުނިޔޭގެ އިގްތިސާދުގައި ވެސް ތަކެތީގެ އަގުތައް ދަށްވެފައިވާކަން ސަރުވަޝް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިންފްލޭޝަނަކީ ބޮޑަށް ބޭރުން އެތެރެކުރެވޭ އެއްޗިއްސާ ގުޅިފައިވާ އިންފްލޭޝަނަކަށް ވުމުން އިންފްލޭޝަން ކުޑަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އެހެންނަމަވެސް ފައިސާ ދައުރުވާ މިންވަރު ދަށް ވުމުން ފައިސާ ދައުރު ކުރެވޭ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

މީގެއިތުރުން މިވަގުތު ދެން އެންމެ އިސްކަމެއް ދޭނެ ކަމަކީ އެކްސްޗޭންޖޭ ރޭޓް ހިފެހެއްޓުމަށް ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެގޮތުން ޑޮލަރު ހޯދޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. މިވަގުތު ރިސޯޓުތަކާއި އެހެނިހެން މަސައްކަތްތައް ހުއްޓިފައި އޮތުމުން ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވެފައި ވީނަމަވެސް އެކަމަށްޓަކައި މަސައްކަތް ކުރައްވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެގޮތުން 'ސްވެޕް ފެސިލިޓީ' ގެ ކަންކަން އިންޑިޔާ ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވީ މިފެސިލިޓީގެ މުއްދަތަކީ 6 މަސް ދުވަސް ކަމަށާއި މިފެސިލިޓީ ދެނީ ކުޑަ އިންޓަރެސްޓެއް ރޭޓެއްގައި އެއްފަހަރާ ރޯލް އޯވަރ ކުރާ ގޮތަށް ކަމަށެވެ. މިހާރު 150 މިލިއަން ޑޮލަރު ބެހެއްޓިފައި ވާއިރު އެއާ އެއްވަރުގެ ފައިސާ އިންޑިޔާގެ ރިޒަރވް ބޭންކުން ބޭނުންތާކު ބަހައްޓާފައި ވާނެ ކަމަށާއި މިކަންތައް ނިމުމާއެކު 'ކަރަންސީ ސްވެޕް' ކުރާނެކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް