Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

ޕީޕީއެމް މެންބަރުންނާވެސް ބައްދަލުކޮށް ކަންކަން އޮޅުން ފިލުވަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 4 އެޕްރީލު 2017 | އަންގާރަ 23:47
ހަސަން ލަތީފް ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ހަސަން ލަތީފް ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާ ފަދަ ގަމާރުން ނޫން ކަމަށާއި ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތާއި ސަރުކާރުން ކަންތައްތައް ކުރަމުންދާގޮތް ވަރަށް ރަނގަޅަށް އެފަރާތްތަކަށް އެނގި ސާފުވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީން މިދުވަސްވަރު ރަށްރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ ރަށްރަށަށް ކުރައްވާ ދަތުރު ތަކުގައި ބައްދަލުވެ ޚިޔާލު ހޯއްދަވަނީކީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނާ ނޫން ކަމަށާއި ޕީޕީއެމްއާއި ޕާޓީއަކަށް ނިސްބަތް ނުވާ މީހުންނާވެސް ބައްދަލު ކުރައްވަމުންދާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އެބައްދަލުވުންތަކުން އެންމެބޮޑަށް ފާހަގަވާ އެއްކަމަކީ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ހާލާހުރެ އެމީހުން މިސަރުކާރު ދެކެ ހިތްހަމަ ނުޖެހިފައި ތިބި ތިބުން ކަމަށާއި ސަރުކާރަށް ކުރާ ނަފްރަތު ކަމަށެވެ.

އެމީހުން އެއްވެސް ވަރަކަށް ސަރުކާރަށް ތާއީދު ނުކުރާ ކަމަށާއި އޭގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންވެސް ހިމެނޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވުމާއި ކަރަންޓުގެ އަގުމައްޗަށް ދިއުންފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ގޮސްފައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުން މިސަރުކާރަށް ތާއީދު ކުރާކަމަށް ރައީސް ޔާމީނާއި ސަރުކާރުންވެސް ވިދާޅުވާ ކަމަށާއި ތާއީދު ނެތްކަމަށް ވިދާޅުވަނީ ކީއްވެތޯ ރާއްޖެ ޓީވީން ދެންނެވުމުން ހަސަން ލަތީފް ވިދާޅުވީ ރަށްރަށުގައި ތިބޭ ރައްޔިތުންނަކީ ރައީސް ޔާމީން އެވިދާޅުވާފަދަ ގަމާރުން ނޫން ކަމަށެވެ. އެއަށްވުރެ ބޮޑަށް އެމީހުން ހޭލުންތެރިކަމަށާއި ކަންކަން ހޯދާ ބަލަމުންދާ ކަމަށެވެ. އަދި ކުރިއާ ޚިލާފަށް މިހާރު އެމީހުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ރަށްރަށުގައި ތިއްބެވި ރައްޔިތުންނަކީ ރައީސް ޔާމީން އެވިދާޅުވާގޮތައް ގަމާރުންނެއް ނޫން. އެބޭފުޅުންނަށް ވަރަށް ރަނގަޅަށް ތަންދޮރު ފިލާ. އެބޭފުޅުން ވަރަށް ބޮޑަށް ދިރާސާ ކުރައްވާ އެބޭފުޅުންގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށް ހޮޅުއަށިފަދަ ތަންތާ ވާހަކަ ދައްކަވާ ހައްދަވާ. އެބޭފުޅުންނަށް ބަރާބަރަށް އެކަންކަން އެނގިވަޑައިގަންނަވާ. އެއްގޮތަކަށްވެސް ޤަބޫލުކޮށްގެން ނުވާނެ އެބޭފުޅުންނަށް އެއްޗެއް ނޭނގޭ ކަމަކަށް. އެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ރައީސް ޔާމީން އެވިދާޅުވާ ތަރައްޤީއަކީ ހަޤީގީ ތަރައްޤީ ނޫންކަން. އެކަންކަމުގައި ކޮރަޕްޝަން އެކުލެވޭކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ. އެހެންވީމާ އެބޭފުޅުން ވަރަށް ނަފްރަތުވެފައި ތިބެނީ" ހަސަން ލަތީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު