Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށަށް މީހުން ފޮނުވުން

ރަށަށް މީހުން ނުފޮނުވަނީ ވަސީލަތް ނެތިގެނެއް ނޫން، ރިސްކު ނަގަން ބޭނުން ނުވަނީ: އަލީ ވަހީދު

11 މެއި 2020 | ހޯމަ 22:36

ސަރުކާރުގެ މައިގަނޑު އަމާޒަކީ އަތޮޅުތެރެއަށް ބަލި ފެތުރިޔަނުދީ ކޮންޓްރޯލް ކުރުން: އަލީ ވަހީދު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 11 މެއި 2020 | ހޯމަ 22:36
ކަރަންޓީން ފެސިލިޓީއެއްގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އަލީ ވަހީދު ބައްލަވާލައްވަނީ

ކަރަންޓީން ފެސިލިޓީއެއްގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އަލީ ވަހީދު ބައްލަވާލައްވަނީ

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި ލަސްތަކެއް އުޅެނީ ވަސީލަތްތައް ނެތިގެން ނޫންކަމަށާއި، ބަލިމަޑުކަމެއްގެތެރޭގައި ރިސްކް ނަގަން ބޭނުން ނުވާތީކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ބަލި މަޑުކަމެއް އޮތް ތަނަކުން އެ ބަލިމަޑުކަމުގެ ބިރުވެރިކަން ނެތް ތަނަކަށް މީހުން ފޮނުވުމުގައި ބަލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ އަތޮޅުތެރެއަށް ބަލިފެތުރުނަނުދީ ކޮންޓްރޯލް ކުރުން ކަމަށްވާއިރު، ރަށަށް ދާން ބޭނުންވާ މީހެއްގެ ގައިން އެ ބަލި ރަށުތެރޭގައި ފެތުރިއްޖެނަމަ، ރަށުގައި ދިރިއުޅޭ އެންމެން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލެސިޓީގައި ތާށިވެފައި ތިބި މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށާއި އޭގެ ތެރޭގައި މާލެ ދޫކޮށް ރަށަށް ދާން ބޭނުންވާ މީހުންވެސް އެބަތިބިކަަމަށެވެ. މި ދަނޑިވަޅުގައި މާލެ ދޫކޮށް ރަށަށް ދިއުމަށް ބޭނުންވުމަކީ މައްސަލައެއްކަމަށް ނުދެކޭކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި އެ ގޮތަށް ބޭނުންވުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި އެކަން މަގުފަހި ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ކުރިޔަށް އޮތް ދެ ހަފުތާ ތެރޭގައި ކަރަންޓީނަށްވެސް ރަށުގައި ގާއިމްކޮށްފައިވާ ފެސިލިޓީއަކަށް ނުފޮޮނުވުމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ. މާލެސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުންއާއި ގުޅިގެން ތާށިވެފައިވާ 323 މީހަކު މިހާރުވެސް ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންދެވިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް