Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫގެ މޫލީގެ ޚިދުމަތް

ގިނަ ވިޔަފާރީތަކަކުން އުރީދޫގެ މޫލީއާ ގުޅިއްޖެ

11 މެއި 2020 | ހޯމަ 13:19

މޫލީ އަކީ ޑިޖިޓަލް އޮންލައިން ޕްލެޓްފޯމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 މެއި 2020 | ހޯމަ 13:19
އުރީދޫގެ ޑިޖިޓަލް އޮންލައިން ޕްލެޓްފޯމް މޫލީ

އުރީދޫގެ ޑިޖިޓަލް އޮންލައިން ޕްލެޓްފޯމް މޫލީ

އުރީދޫ މޫލީއާ ގިނަ ވިޔަފާރީތަކެއް ގުޅިއްޖެއެވެ.

އުރީދޫ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ސަބަބުން، ފެން، މަސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން އޮންލައިންކޮށް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމަށާއި އުފެއްދުންތައް ޑެލިވަރީ ކުރުމަށް މޫލީގެ އެހީތެރިކަމަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ވިޔަފާރިކުރުމުގެ ފުރުސަތު ފުޅާ ކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން މޫލީ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ ގެތަކަށް ޑެލިވަރީގެ ޙިދުމަތާއެކު ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މި ޕްލެޓްފޯމްގެ ސަބަބުން ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއަރ ހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބިގެންދާ ކަމަށާއި ކުދި ވިޔަފާރިތަކަށް މި ހާލަތުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް މޫލީން ޕްލެޓްފޯމް ފީ ނެގުން ހުއްޓާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މޫލީ އަކީ އޮންލައިން ޕޭމަންޓް، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ، އީޒީ ރިޓަރންސް އަދި ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު، ކަސްޓަމަރުންނަށް ޔަގީންކަމާއެކު ވިޔަފާރިކުރުމުގެ ފަސޭހަކަން ފަހިކޮށްދޭ ޑިޖިޓަލް ޝޮޕިންގ ޕްލެޓްފޯމެކެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019 ގެ އޯގަސްޓް މަހު ތައާރަފު ކުރި މޫލީ މެދުވެރިކޮށް، މިހާރުވެސް ދިހަ ހާހަށްވުރެން ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަަމަށް އުރީދޫން ބުނެއެވެ. އަދި އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް މެދުވެރިކޮށް ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 މެއި 2017

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި
28 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް