Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

ގައުމުގެ %75 އަށް ނެޓްވަރކް ފުޅާކޮށްފި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 ޖެނުއަރީ 2017 | އަންގާރަ 17:55
ރާއްޖޭގެ 75 އިންސައްތަ ރަށަށް އުރީދޫގެ +4G ނެޓްވަރކް ފުޅާކުރުން

ރާއްޖޭގެ 75 އިންސައްތަ ރަށަށް އުރީދޫގެ +4G ނެޓްވަރކް ފުޅާކުރުން

ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫގެ 4G+ ނެޓްވާރކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު 100 ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމާއި އެކު، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް އެކުންފުނީގެ 4G+ ނެޓްވާރކް ފުޅާކޮށްފިއެވެ.

މިކަން އުރީދޫއިން އިއުލާންކުރީ، އުރީދޫގެ 4G+ ނެޓްވާރކް ތައާރަފްކޮށްފައިވާ ރަށެއް ކަމަށްވާ، ލ. ފޮނަދޫގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

"މުޅި ރާއްޖެއަށް އުރީދޫ 4G+ ނެޓްވަރކް ފުޅާކޮށް އެކުންފުނީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތަށް، އުރީދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. އިންޓަނެޓަކީ ގައުމީ ތަރައްޤީ އަށް ވަރަށްވެސް މުހިންމު ވެފައިވާ ވަސީލަތެއް ކަމަށްވެފައި، އުރީދޫ އިން ހުރިހާ ރައްޔިތުންނަށް ވެސް ކުރިއެރުމުގެ މި ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޙިދުމަތް މުޅި ގައުމަށް ފުޅާކުރުމަށް ދޭ އަހަމިއްޔަތާއި މެދު އުފާކޮށް، ޝުކުރުއަދާކުރަން." ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ މުޖުތަމައު ތަކުގައި، ފެންވަރު ރަގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ދަނީ ގިނަގުނަ ފައިދާތަކެއް ކުރަމުން. މިގޮތުން، މުޅި ދިވެހި ގައުމަށް 4G+ ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، ގައުމުގެ 75 ޕަސެންޓަށް ނެޓްވަރކް ފުޅާކޮށް، ރާއްޖެގެ ހުރިހާ ކަންކޮޅުތަކުގައިވާ ރައްޔިތުންވެސް މިފަދަ ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާދިނުމުގައި އުރީދޫ އަށް ބައިވެރިވެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ފަޙުރެއް." އުރީދޫގެ ސީ.އީ.އޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

މި އަޕްގްރޭޑް އާއިއެކު، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، އަދި ސ އަތޮޅުގައި އުރީދޫގެ 4G+ ނެޓްވާރކްގެ ޚިދުމަތް ލިބެމުންދާނެއެވެ. މި ޚިދުމަތް ލިބޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ލިސްޓެއް، އުރީދޫގެ ވެބްސައިޓްއިން (ore.do/4Gplus) ލިބެން ހުންނާނެކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް، 4G ސިމްކާޑެއް ލައްވާފައިވާ 4G+ ފޯނެއް މެދުވެރިކޮށް، މިޚިދުމަތް ލިބޭ ސަރަހައްދުތަކުން، އިތުރު އަގަކާ ނުލާ، އުރީދޫގެ 4G+ ނެޓްވާރކް ބޭނުންކުރެވޭނެއެވެ. މިހާރު ގެންގުޅުއްވާ ސިމް ކާޑުން 4G+ ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ''4G" ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުންނާއި، ބިޒްނަސް ޕާރޓްނަރ ޝޮޕްތަކުން ފަސޭހަކަމާއިއެކު 4G ސިމް ކާޑް ލިބިއެވެ.

އުރީދޫ އިން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް 4G+ ނެޓްވަރކް ފުޅާ ކުރުމަށް ކުރަމުންދާއިރު، މި މަސައްކަތް ނިމިގެންދާނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު