Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ އިން ހިއްސާ ވިއްކުން

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

ހިއްސާ އެއްގެ އަގަކީ 30 ރުފިޔާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2017 | އަންގާރަ 23:39
ހިއްސާ ވިއްކުން ހުޅުވާލަން އުރީދޫން އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު

ހިއްސާ ވިއްކުން ހުޅުވާލަން އުރީދޫން އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު

އުރީދޫ އިން ހިއްސާ ވިއްކުން އާއްމުކޮށް ހުޅުވާލައިފި އެވެ.

އުރީދޫ އިން އެކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިން ( އައިޕީއޯ) އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހިއްސާ ވިއްކުމުގައި އަމަލު ކުރާނެ އުސޫލުތައް ވަނީ އާއްމުކޮށްފަ އެވެ.

މީގެ 11 އަހަރު ކުރިން ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި ކުންފުނީގެ ނަން އުރީދޫ އަށް ބަދަލުކޮށް، އެ ކުންފުނީގެ 40 ޕަސެންޓް ހިއްސާގެ ބާޒާރަށް ހުޅުވާލާނެ އެވެ. މިއީ ގާތްގަނޑަކަށް 1.77 ބިލިއަން ރުފިޔާ އެވެ. ހިއްސާއެއްގެ އަގު 30 ރުފިޔާގެ ރޭޓުން ބަލާނަމަ އެއީ ގާތްގަނޑަކަށް 59 މިލިއަން ހިއްސާ އެވެ. ޖުމްލަ މި އަދަދަށް ހިއްސާ ވިއްކާލަން ނިންމާފައި އޮތަސް، ފުރަތަމަ ވިއްކަނީ 22 މިލިއަން ހިއްސާ އެވެ.

އަންގާރަ ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރ ވިކްރަމް ސިންހަ ވިދާޅުވީ، އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެ އަކީ ޑިޖިޓަލް ގައުމަކަށް ހެދުން ކަމަށާއި އެގޮތުން ޓެކްނޮލިޖީގެ ދައިރާއިން ވޯލްޑް ކްލާސް ބެންޗުމާކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ވިކްރަމް ވިދާޅުވީ، ރާއްޖެއަކީ އާބާދީ ކުޑަ ގައުމެއް ނަމަވެސް ޓެކްނޮލިޖީތަކަށް ފަހި ފުރުސަތުތަކެއް އޮތް ގައުމެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޓެކްނޮލިޖީގެ އާ އުފެއްދުންތަކަށް ފަރިތަ، ނުވަތަ ތަޖުރިބާ ކުރުމަށް ބޭނުންވެފައިވާ ފަރާތްތައްކަމަށެވެ.

" ރާއްޖޭގެ އާބާދީގެ 68 ޕަސެންޓަކީ 35 އަހަރުން ދަށުގެ އާބާދީ. އަދި ރާއްޖޭގެ އާބާދީ އަކީ ޓެކްނޮލޮޖީގެ އާ އުފެއްދުންތަކަށް ފަރިތަ ބައެއް. އަދި އާބާދީގެ ބޮޑު ބަޔަކީ މިފަދަ ތަކެއްޗަށް ބޮޑެތި ހަރަދުތައް ކުރާ މީހުން. އެހެން ކަމުން ރާއްޖެއަކީ ޓެލެކޮމިއުނިކޭޝަން ފަދަ ވިޔަފާރިތަކަށް ޕޮޓެންޝިއަލް ހުރި މާކެޓެއް އޮތް ގައުމެއް." ވިކްރަމް ވިދާޅުވި އެވެ.

ރާއްޖެއަކީ ޓެކްނޮލޮޖީގެ ދައިރާގައި މުސްތަގުބަލެއް އޮތް ގައުމެއް ކަން ފާހަގަކުރައްވާ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫއިން އެމީހުންގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު މިހާރު ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަކީ އެކުންފުނީގެ ކަސްޓަމަރުން ކަމަށެވެ. މިއީ 11 އަހަރުގެ ތެރޭގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިކްރަމް ވިދާޅުވި އެވެ.

އުރީދޫ އިން 2013 ވަނަ އަހަރުގައި ލިބުނު އާމްދަނީ 702 މިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ އަހަރު ލިބުނު އާމްދަނީ އުޅެނީ 1.61 ބިލިއަން ރުފިޔާގަ އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު އެ ކުންފުންޏަށް 15 ޕަސެންޓްގެ ގެއްލުން ވެފައިވާ އިރު 2016 ވަނަ އަހަރު އެކުންފުންޏަށް ވަނީ 30.9 ޕަސެންޓްގެ ފައިދާ ލިބިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި

ހިއްސާއަކަށް 20 ރުފިޔާ ބަހަން ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު