Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއް ރަށުން އަނެއް ރަށަށްދާ މައްސަލަ

ބަޔަކަށް އަދަބެއް ދޭން ބޭނުމެއް ނޫން، މައިމޫނާ ވިދާޅުވާ ގޮތަށް އަމަލު ބަހައްޓާ: ޕީޖީ ޝަމީމް

11 މެއި 2020 | ހޯމަ 00:42

މީހުންގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކުރަން ބޭނުމެއް ނޫން: ޝަމީމް

އަލީ ސަމާޚް
އަލީ ސަމާޚް | 11 މެއި 2020 | ހޯމަ 00:42
ޕީޖީ ޝަމީމް: ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ އެންގުމާ އެއް ގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރެއްވި

ޕީޖީ ޝަމީމް: ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ އެންގުމާ އެއް ގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރެއްވި

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިހާލަތުގައި އެއްވެސް ބަޔަކަށް ޖިނާއި އަދުލުގެ ނިޒާމުގެ ދަށުން އަދަބެއް ދޭން ބޭނުންނުވާ ކަމަށާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އަމުރުތަކަށް ބޯލެބުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އިލްތިމާސް ކުރައްވައިފި އެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީ އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. ޕީޖީ އިޝާރާތް ކުރެއްވީ، އެއް ރަށުން އަނެއް ރަށަށް ފަތާފައި އާއި ކެނޯގައި މީހުންދާ ވާހަކައެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، މި ދަނޑިވަޅުގައި ޖިނާއި އަދުލުގެ ނިޒާމު ބޭނުންކޮށްގެން މީހުން ކޮންޓްރޯލްކޮށް، މީހުންގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކުރަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެންމެންގެ ސަލަމަތާއި ރައްކާތެރިކަމަށްޓަކައި ބަޔަކަށް އަދަބު ދޭން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ރަށުން އަނެއް ރަށަށް ނުދާން އަންގާފައިވަނިކޮށް ދާ މީހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގޮތަށް އަމަލުތައް ނުބަހައްޓަން ޕީޖީ ވަނީ އިލްތިމާސް ކުރައްވާފައެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެޗްޕީއޭގެ އެންގުމަށް ހިލާފަށް ކަރަންޓީނު ކޮށްފައިވާ ބައެއް ފަރާތްތަކުންވެސް ދަނީ ހިލާފުވަމުންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، (އެހެން)މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަަމަ، އެ ޢަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ. އެއީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް