Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަނޑަށް ސަޕޯޓަރުން ނުވެއްދުން

"ވެކްސިނެއް ނުލިބެނީސް ދަނޑަށް ސަޕޯޓަރުން ނުވެއްދޭނެ"

މި ސީޒަނުގެ ނެދަލެންޑްސް ލީގު ވަނީ ކެންސަލް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 16:19
އަޔަކްސްގެ ޔޯހަން ކްރައިފް އެރީނާ

އަޔަކްސްގެ ޔޯހަން ކްރައިފް އެރީނާ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެކްސިނެއް ނުލިބެނީ ދަނޑަށް ސަޕޯޓަރުން ނުވެއްދޭނެ ކަމަށް ނެދަލެންޑްސްގެ ސިއްހަތާ ބެހޭ ވަޒީރު ހޫގޯ ޑި ޔޮން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ނެދަލެންޑްސް އިން ވަނީ މި ސީޒަނުގެ ނެދަލެންޑްސް ލީގު، ޗެމްޕިއަނެއް ކަނޑަނާޅައި ކެންސަލް ކޮށްފައެވެ. އެގޮތަށް ނިންމީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް އެގައުމުގައި ނުބޭއްވުމަށް ނެދަލެންޑްސްގެ ސަރުކާރުން އެންގުމާ ގުޅިގެންނެވެ.

ނެދަލެންޑްސްގެ ސިއްހަތާ ބެހޭ ވަޒީރު ހޫގޯ ޑި ޔޮން ވިދާޅުވީ ސެޕްޓެމްބަރު މަހަށް ފަހު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަށް ސަރުކާރުން ހުއްދަ ދިން ނަމަވެސް، ކޮވިޑް-19 އަށް ވެކްސިނެއް ނުލިބެނީސް ދަނޑަށް ސަޕޯޓަރުން ވައްދަން ހުއްދަ ނުދެވޭނެ ކަމަށެވެ. އެކަމަކު އުންމީދަކީ މި ވައިރަހަށް ވެކްސިނެއް އުފެއްދި، ހާލަތު އަވަހަށް ރަނގަޅުވުން ކަމަށްވެސް ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ވެކްސިނެއް އުފައްދަން 10 އަހަރު ނަގައެވެ. އެކަމަކު ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ނަގާނީ 12-18 މަސް ކަމަށް ސިއްހީ ތަޖުރިބާކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ޚާއްސަ ލެބޯރަޓަރީތަކުގައި މިހާރު 24 ގަޑިއިރު ކަހަލަ ގޮތަކަށް ކުރިއަށް ދަނީ ވެކްސިނެއް ހޯދުމާއި ބަލިން ފަސޭހަކޮށްދޭނެ ކަށަވަރު ބޭހެއް އުފެއްދުމުގެ މަސައްކަތެވެ. ދުނިޔޭގެ ކުރީ ސަފުގައި އުޅޭ، އެމެރިކާ އާއި އިނގިރޭސިވިލާތާއި ޗައިނާ އަދި ޖަރުމަންގެ ސައިންސްވެރިން ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓްތައް ހަދަން ފަށާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އަށް އަސަރު ކޮށްފައިވާއިރު، މެދުކަނޑާލާފައިވާ ޔޫރަޕްގެ ބައެއް ލީގުތައް މިހާރު އަންނަނީ އަލުން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފުޓްބޯޅަ އަލުން ފަށަން ހުރިހާ ގައުމަކުންވެސް މަޝްވަރާ ކުރަމުން އަންނަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

މެޗު ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެއްޖެ: ޖަވާޒް

12 އޯގަސްޓު 2017
މެޗު ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެއްޖެ: ޖަވާޒް
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު