Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީ މަސައްކަތްތެރިންނަށް ގުޅީފަޅުގައި \"ވަރކަރ

40،000 ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް، ގުޅީފަޅުގައި 30 ހެކްޓަރު ބިމެއް ހިއްކަނީ

6 މެއި 2020 | ބުދަ 13:06

އެފަރާތްތަކުގެ ވެރިފަރާތްތަކުގެ ޚަރަދުގައި ކެއުންބުއިން ލިބޭނެ ފަދަ ގޮތަކަށް އެކޮމަޑޭޝަން ހަމަޖެހިގެންދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މެއި 2020 | ބުދަ 13:06
މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދުގައި ރެޖިސްޓްރީ ވުމަށް ކިޔޫ ހަދާއިފައި- (ފައިލް ފޮޓޯ)

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ގަލޮޅު ދަނޑު ސަރަހައްދުގައި ރެޖިސްޓްރީ ވުމަށް ކިޔޫ ހަދާއިފައި- (ފައިލް ފޮޓޯ)

ބިދޭސީ މަސައްކަތްތެރިންނަށް ޢަމާޒުކޮށް، ގުޅީފަޅުގައި 30 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖައްސައިފި އެވެ.

ރަސްމީ ލިޔެކިޔުމެއްނެތް ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އުޅެމުންދާތީ، އާއި މިގޮތަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޖުމުލަ ޢަދަދު ކަށަވަރުކޮށް، އެނގެންނެތް ޢަދަދަކަށްވުމުން، ބިދޭސީ މަސައްކަތްތެރިންގެ ޖުމުލަ ޢަދަދުގެ އިތުރުން، ރަސްމީ ލިޔުމެއްނެތް ބިދޭސީ މަސައްކަތްތެރިންގެ ޖުމުލަ ޢަދަދު ދެނެގަތުމަށް ސަރުކާރުންގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ކަންކަން އޮޅުން ފިލުވައި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ކަމާގުޅޭ މުއައްސަސާތަކުން މައުލޫމާތު ހޯއްދަވާފައި އެވެ.

Advertisement - newsAdvertisement

އެގޮތުން، އިކޮނޮމިކް މިނިސްޓްރީން އެކޮމެޓީއަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި، މާލެ ސަރަހައްދާއި ކައިރިން ގުޅީފަޅުގައި 30 ހެކްޓަރުގެ ބިމެއް ހިއްކާ އެތާނގައި "ވަރކަރސް ވިލެޖް" ނަމުގައި ވިލެޖެއް ގާއިމުކޮށް، ގާތްގަނޑަކަށް 40،000 ބިދޭސީ މަސައްކަތްތެރިންނަށް އެފަރާތްތަކުގެ ވެރިފަރާތްތަކުގެ ޚަރަދުގައި ކެއުންބުއިން ލިބޭނެ ފަދަ ގޮތަކަށް އެކޮމަޑޭޝަން ހަމަޖެހިގެންދާނެ ކަމަށެވެ.

މިކަމަކީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރުމުންދާ ފަރާތްތަކުގެ ތެެރެއިން، މާލެ ސަރަހައްދުގައި އުޅޭ ބިދޭސީ މަސައްކަތްތެރިން، މާލެ ސިޓީގައި ތޮއްޖެހިފައި ތިބެންޖެހިފައިވާ، ތިބުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއެކެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެންމެ ބޮޑު ނުރައްކަލެއް އޮތީވެސް، މާލެ ސިޓީގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގަ އެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މިހާރުވެސް ދަނީ ވަގުތީ ހިޔާތަކެއް ބިދޭސީ މަސައްކަތްތެރިންނަށް ގާއިމު ކޮށްދެމުންނެވެ.

ދެ ލައްކައެއްހާ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އުޅެމުންދާއިރު، ރަސްމީ ލިޔެކިޔުންނެތް 63،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭކަމަށް ވެއެވެ. ދައުލަތުގެ އެއްވެސް އިދާރާއަކަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ކަށަވަރު އަދަދެއް ނޭނގެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮމެޓީއަށް ފޯރުކޮށްދީފައިވާ މައުލޫމާތަކަށްބަލާއިރު، ގާނޫނާ ހިލާފަށް ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުންގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އެމިނިސްޓްރީ ވަނީ 19 ސެޕްޓެމްބަރު 2019 ގައި "ރެގިއުލަރައިޒޭޝަން" ގެ ނަމުގައި ޕްރޮގްރާމެއް ހިންގާފައި ވެއެވެ.

މިޕްރޮގްރާމްގެ ދަށުން ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް މިހާތަނަށް 40،000 ބިދޭސީން ރެޖިސްޓްރީ ވެފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.

އެ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކުގެ އަތުގައި ކާކުކަން އަންގައިދޭ ލިޔެކިޔުމެއް ނުވަތަ ޕާސްޕޯޓެއް އޮތްނަމަވެސް އެ ޑޮކިއުމެންޓްގެ މުއްދަތު ހަމަވެފައިވާ ކަމަށާއި، ރަސްމީ ސައްހަ ލިޔުމެއް ނެތް ފަރާތްތަކަށް ޕާސްޕޯޓް ހެއްދުމަށް ގިނަ ވަގުތު ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މި ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 69 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް