Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޕީއޭގެ ވެބްސައިޓު ހެކުކުރުން

އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރުމަށްފަހު، ސަރުކާރަށް އިންޒާރުގެ މެސެޖެއް

އޭނާ ބުނީ އޭނާ ނިސްބަތްވަނީ ލީޖަންއަކަށް ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 3 މެއި 2020 | އާދީއްތަ 11:38
ހެކްކުރި ފަރާތުން ލާފައިވާ ވީޑިއޯގެ ސްނެޕްޝޮޓެއް

ހެކްކުރި ފަރާތުން ލާފައިވާ ވީޑިއޯގެ ސްނެޕްޝޮޓެއް

އެނޯނިމަސްކަމަށް ބުނާ ބަޔަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓު ހެކްކޮށްފި އެވެ.

އެ ފަރާތުންވަނީ އެ ވެބްސައިޓު ހެކްކުރުމަށްފަހު ވީޑިއޯއެއް އަޕްލޯޑްކޮށްފަ އެވެ. އޭގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި ސަރުކާރަކީ އަމިއްލަ ނިންމުންތަކެއް ނިންމުމުގެ ބާރު އަތުން ދޫވެފައިވާ ސަރުކާރެއް ކަމަށް ތުހުމަތުކުރެ އެވެ.

Advertisement - newsAdvertisement

އިނގިރޭސިން ވާހަކަދައްކާ އަޑުއިވޭ ވީޑިއޯގައި ރާއްޖެއަށް އަވަށްޓެރި އިންޑިއާއިން އަތްގަދަކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އެގޮތުން އިންޑިއާ އިން ވަނީ ގިނަ ސިޔާސީ ފަރާތްތަކާއި މަޖިލިސް މެމްބަރުން ގަނެފައި ކަމަށް ބުނާ އަޑު އިވެ އެވެ.

ވީޑިއޯގައި ސަރުކާރަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވާއިރު، ވެރިކަމަށް އައުމަށްފަހު ދިވެހި ރައްޔިތުންގެ ހެވާ ލާބަޔަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށާއި ވެރިކަމަށް އަންނަން ވީ އެއްވެސް ވައުދެއް ފުއްދާފައިނުވާ ކަމަށް ބުނެ އެވެ. މިކަމުގެ ހެއްކަކަށް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތުގެ ވާހަކަ އެ ވީޑިއޯގައި ވާހަކަދައްކާ ފަރާތުން ބުނެ އެވެ.

އެގޮތުން އާބާދީގެ 99 އިންސައްތަ މީހުންނަށް އާމްދަނީ ލިބޭ ދޮރުތައް ބަންދުވެފައިވާއިރު، ބޭރުން ލިބޭ އެހީ ބޭނުންކުރަނީ މަހުޖަނުންނަށް (1 ޕަރސެންޓަށް) ކަމަށް ބުނެ އެވެ. އަދި އެދެވޭ ވަރުގެ ބަދަލުތަކެއް ނުފެނިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އެހެން ނެޓްވަރކްތައް ހެއްކުރާނެ ކަމުގެ އިންޒާރު ވަނީ ވީޑިއޯގައި ދީފަ އެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ. ހެކް ކުރިކަމުގެ މައުލޫމާތު ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެޗްޕީއޭގެ ވެބްސައިޓް ވަނީ ޑައުންވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

16 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު