Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ.. އަތޮޅު ވިއްކާލުން

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

ކޯޓް އަމުރުގައި އޮތީ ރާއްޖެ ޒިޔާރަތްކުރާ އިއްޒަތްތެރިންގެ ގަދަރަކަށް އުނިކަން ލިބޭ ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 18:14
އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ

ކޯޓު އަމުރެއްގެ ދަށުން، އެމްޑީޕީ ހަރުގެ ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ބެނާތަކާއި، ބެނާތައް ހެދުމަށް ބޭނުންކުރާ އެއްޗެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކޯޓު އަމުރުގެ ދަށުން ފުލުހުން އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 5:30 ހާއިރުގަ އެވެ. އެމްޑީޕީގެ ހަރުގެ ފާސްކުރުމަށް، ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، ބޭރުގެ އެކި ޤައުމުތަކުގެ ވެރިންނާއި، އިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، އެ ބފުޅުންގެ ޝަރަފާއި, ގަދަރާއި, އިއްޒަތަށް އުނިކަން ލިބޭގޮތަށް އަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމްޑީޕީގެ ހަރުގޭގައިވާ ބެނާތަކާއި، ބެނާތައް ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ.

އެމްޑީޕީ ހަރުގެ ބަލާ ފަސްކުރުމަށް ނެރިފައިވާ ކޯޓު އަމުރު -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްޑީޕީ ހަރުގެ 45 މިނެޓް ވަންދެން ބަލާ ފާސްކުރުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވުމަށްފަހު، ގިނަ އަދަދެއްގެ ފޮތިތަކާއި، ބެނާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ހަރުގޭގައި ހުރި ކުލަތަކާއި، ފަންސަރުތައްވެސް ފުލުހުން ގެންގޮސްފައިވެއެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، އެމްޑީޕީ ހަރުގޭގައި ހުރި ބެނާތަކުގައި ލިޔެފައިވަނީ ފ. އަތޮޅު ވިއްކާ ނުލުމަށް ކަމަށެވެ. އެއިން އެއްވެސް ބެނާއެއްގައި ބޭރުގެ އެއްވެސް އިއްޒަތްތެރިއެއްގެ ވާހަކަ، އަދި އެފަދަ ބޭފުޅެއްގެ ނަމެއް ވެސް، އެފަދަ ޤައުމެއްގެ ނަމެއް ވެސް ލިޔެފައި ނުވާނެ ކަމަށް އަނަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އިއްޒަތްތެރިއެއްގެ ނަމެއް، އަދި ޤައުމެއްގެ ނަމެއްވެސް ލިޔެފައިނުވާ ބެނާތަކެއް ފުލުހުން ގެންދިއުމަށް މަސައްކަތްކުރުމުން، އެކަން އެގޮތަށް ކުރަނީ ކިއްވެތޯ ސުވާލުކުރިކަމަށެވެ. ނަމަވެސް އެ ސުވާލަށް ޖަވާބުދީފައިނުވާ ކަމަށް އަނަސް ވިދާޅުވި އެވެ.

އޭގެއިތުރުން އަނަސް ވިދާޅުވީ، ފ. އަތޮޅު ވިއްކާލުމަށް ސައުދީ ސަރުކާރާއެކު އެއްވެސް އެއްބަސްވުމެއް ނުވާނެ ކަމަށް ސަރުކާރުން ބުނަމުންގެންދާއިރު، ފ. އަތޮޅު ވިއްކާނުލުމަށް ލިޔެފައިވާ ބެނާތަކެއް ފުލުހުންނަށް މައްސަލައަކަށްވަނީ ކީއްވެތޯ ސުވާލުކުރިކަމަށެވެ. ސަރުކާރުން ނުކުރާކަމަށް ބުނާ ކަމެއްގެ ވާހަކަ ބެނާއެއްގައި ލިޔުމަކީ މައްސަލައެއްތޯވެސް ސުވާލުކުރިކަމަށް އަނަސް ވިދާޅުވި އެވެ. ނަމަވެސް އެ ސުވާލަށް ޖަވާބެއްދީފައިނުވާކަމަށްވެސް އަނަސް ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ތަކެއްޗަކީ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހު ނެގި ތަކެއްޗަށް ވުމާއެކު މިވަގުތު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

އަނަސް ވިދާޅުވި ގޮތުގައި އެމްޑިޕީން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތައް ހަމަޖެހިފައިވާ އުސޫލުން އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ އެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި، ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި އެމްޑީޕީ ދެމިއޮންނާނެކަމަށާއި، އެކަމަށް ސަރުކާރުން ކިތަންމެ ހުރަހެއް ކުރިމަތިކުރިނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް އަނަސް ވިދާޅުވި އެވެ. އޭގެއިތުރުން އަނަސް ވަނީ ބަލާ ފާސްކުރުމުގައި ފުލުހުން އަމަލުކުރިގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށް ފުލުހުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހަރަކަތްތެރިވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން، ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ފުލުހުންގެ ގެންދިޔަ ތަކެތީގެ ތެރޭގައި އެމްޑީޕީގެ ބައެއް ކެމްޕޭންތަކުގައި ބޭނުންކުރާ ތަކެތިވެސް ހިމެނޭކަމަށެވެ. އަދި ހުސްފޮތިތައްވެސް ހިމެނޭއިރު، އެ ފޮތިތައް ގެންދިޔައީ ކޮން ބެނުމެއްގައިކަން ސާފުނުވާކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެގޮތަށް ކަންތައްތައް ނުކުރެވޭނެކަމަށް ފުލުހުންނަށް ދެންނެވިކަމަށެވެ. އަދި ފުލުހުން ކަންތައްތައްކުރާގޮތުން އާންމު ރައްޔިތުން އިތުރަށް ކަންބޮޑުވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފަސްކޮށްފައިވަނީ، މުޅި ސަރަހައްދު ބަންކޮށްގެންނެވެ. ހަމަ މި މައްސަލާގައި މީގެކުރިންވެސް އެމްޑީޕީ ހަރުގެ ފުލުހުން ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު