Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަން ފޯރުކޮށްދިނުން

93 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ޖުމްލަ 175 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ މިހާތަނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 މެއި 2020 | ހޮނިހިރު 18:16
ޤައުމީ ކެޑޭޓް ކޯގެ ވޮލަންޓިއަރުންނާއި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުން އޭޕްރިލް 29 ވަނަ ދުވަހު ވަގުތީ ހިޔާތަކަށް ބޭނުންވާ ރޯދަ ވީއްލުމަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީ

ޤައުމީ ކެޑޭޓް ކޯގެ ވޮލަންޓިއަރުންނާއި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުން އޭޕްރިލް 29 ވަނަ ދުވަހު ވަގުތީ ހިޔާތަކަށް ބޭނުންވާ ރޯދަ ވީއްލުމަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީ

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 93 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރެޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ޖެންޑަރ މިނިސްޓްރީ އަދި ސޯޝަލް ކައުންސިލް އެއްކޮށް ކުރާ މަސައްކަތުގައި އިތުރު އެންޖީއޯތަކާއި ބައިނަލްއަގުވާމީ އޮގަނައިޒޭޝަންތަކުން ބައިވެރިވެގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މީގެ ތެރޭގައި އެކަމަޑޭޝަން އަދި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.އަދި މިހާތަނަށް ޖުމްލަ 175 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކާބޯތަކެތި ބޭނުންވެގެން ފޯނުކޮށް އެކަމަށް އެދުނު މީހުންގެ ތެރެއިން 245 މީހަކަށް އެކަން ހަމަޖައްސާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއިއެކު އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެއްވެސް ސަބަބަކާހުރެ މަގުމަތިވެ ޙާލުގައި ޖެހޭ ފަރާތެއް ހުރިނަމަ ޖެންޑަރ މިނިސްޓްރީގެ ނަންބަރު 3328393ށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި

05 މެއި 2017
ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
04 އެޕްރީލު 2017

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

22 މާރިޗު 2017
އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު