Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިކޮނިމިކް ކައުންސިލް

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

ވިޔަފާރިވެރިންގެ އަތުންވެސް ނަގަން ޖެހޭ ފައިސާ ނަގަމުންދާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 15:26
އިކޮނޮމިކް ކައުންސިލުން މިއަދު ބޭއެްވި ބައްދަލުވުން

އިކޮނޮމިކް ކައުންސިލުން މިއަދު ބޭއެްވި ބައްދަލުވުން

ވިލާގެ އެކައުންޓްތައް ފްރީޒްކުރީ، ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި، ސަރުކާރަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ތިބުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނޯންނާނޭ ކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ބުނެފިއެވެ.

ވިލާ ޝިޕިން ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅިގެން ބުދަދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒުހޫރު ވިދާޅުވީ ދައުލަތުން ދޫކޮށްފައި ހުރި ބިންތަކާއި ރަށްތައް އަދި ފަޅުތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ވިލާ ކުންފުނީގެ އިތުރަށް އެހެން ވިޔަފާރިވެރިންގެ އަތުން ވެސް ނަގަން ޖެހޭ ފައިސާ ނަގަމުންދާ ކަމަށެވެ. ވަކި މީހަކަށް އަމާޒުކޮށްގެން ސިޔާސީ ގޮތުން ދަތި ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒުހޫރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންކުރަން ހުރި ފައިސާތައް ހިފަހައްޓައިގެން ތިބެ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ފުރުސަތެއް ނުދެވޭނެއެވެ.

އިކޮނޮމިކް ކައުންސިލުން ބުނީ އެ ފައިސާ ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

"މިހާރު މިކުރަނީ އެފަދަ ކަންކަން އެގޮތަށް ކުރީމަ ސަރުކާރަށް ދަތި ކުރަން ކުރާ މަސައްކަތް. އެހެންވީމަ މިއީ މިދުވަސްކޮޅާ ދިމާކޮށް އަޅަމުންދާ ފިޔަވަޅުތަކެއް ނޫން. މާކުރިން ވެސް މިފަދަ ފިޔަވަޅުތައް އަޅުމުން މިދަނީ،" ޒުހޫރު ވިދާޅުވި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ، ތ. އެލާގެ ބިމު ކުލީގެ ގޮތުގައި 3.7 ޑޮލަރު (58.1 މިލިއަން ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު (225.5 މިލިއަން ރުފިޔާ) އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) މީރާއަށް ދައްކާފައި ނުވާތީއެވެ. އެއީ ޖުމުލަ 18.6 މިލިއަން އެމެރިކާ ޑޮލަރު (286.8 މިލިއަން ރުފިޔާ) އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ބައެއްގެ ނުފޫޒެއް އޮވެގެން ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ، މީ ވަކި ދުވަސްވަރެއް ވެގެން އެޅި ފިޔަވަޅެއް ނޫން ކަމަށާއި، މިހާތަނަށް 17 ކުންފުންޏެއްގެ އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ސިޔާސީކޮށްގެން އުޅުއްވަނީ ވަކި ބޭފުޅަކު އަމިއްލަފުޅަށް ކަމަށެވެ.

އިކޮނޮމިކް ކައުންސިލުން މިހެން ވިދާޅުވި ނަމަވެސް، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވަން ފެށީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މިކަމާ ބެހޭ ގޮތުން ގާސިމް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ސަރުކާރަށް ދައްކަންޖެހޭ ލޯ ލާރިވެސް ނޯންނާނެ ކަމަށެވެ. އަދި ތ. އެލާ އަށް ވެސް ކުލި ދައްކަންޖެހެނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށާއި ނަމަވެސް މިހާރު ވެސް އެޑްވާންސްގެ ގޮތުގައި 4.6 މިލިއަން ޑޮލަރު ދައްކާފައި ވާނެ ކަމަށެވެ. އަދި ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކައިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަން ލާރިފޮތި މީރާ އިން ދީފައިވާ އިރު އޭގެ ދެ މަސް ފަހުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާ ކަަމަށް ބުނެ 92 މިލިއަން ޑޮލަރު ދައްކަން އެންގުމުން އެ ދެކަންތައް ދިމާނުވާ ކަަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު