Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑް-19 ށް ޕޮޒިޓިވްވި ސިފައިންގެ އަދަދު 20ށް

30 އެޕްރީލު 2020 | ބުރާސްފަތި 03:30

ކަޅުތުއްކަލާ ކޮށިން ހަތަރު ސިފައިންނާއި ކޮވިޑް ވިލެޖުން ދެ ސިފައިން އަދި އެމްއީއެމްއީ އިން 14 ސިފައިން ވަނީ ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އެޕްރީލު 2020 | ބުރާސްފަތި 03:30
ސިފައިން

ސިފައިން

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ސިފައިންގެ ޢަދަދު 20ށް އަރާފައިވާކަމަށްް ޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 ގެ ޓާސްކް ފޯހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހީމް އަފްޒަލް ވިދާޅުވީ 29 އޭޕްރީލް ގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ "އެމްއެންޑީ" ކްލަސްޓަރ އަށް ނިޞްބަތްވާ މީހުން ކަމަށެވެ. އެމްއެންޑީ ކްލަސްޓަރ އަކީ ސިފައިންނަށް ނިޞްބަތްވާ ކްލަސްޓަރ އެވެ.

Advertisement - newsAdvertisement

މީގެތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ހަތަރު ސިފައިންނާއި، ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ ސިފައިންނެވެ. އަދި އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވަރކްޝޮޕް (އެމްއީއެމްއީ) އިން 14 ސިފައިން ހިމެނޭކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ޑރ އަފްޒަލް ވިދާޅުވީ ޚާއްޞަގޮތެއްގައި އެމްއެންޑީއެފްގެ ކްލަސްޓަރއަށް ވުމުން ވަރަށް ގަދައަށް ކޮންޓެކްޓް ޓްރޭސިންގެ ބައި ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންނަމަވެސް ޕޮޒިޓިވްވި ސިފައިންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ހޯދިފައިވާ މީހުންގެ ޢަދަދެއް ޑޮކްޓަރު ވިދާޅެއް ނުވެއެވެ. ޑޮކްޓަރު ވިދާޅުވީ އެ މަޢުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަަމަށެވެ.

ކޮވިޑް-19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވް ވެފައިިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 41 މީހަކު ތިބިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ސިފައިންގެ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް ހުސައިން އަލީ ވިދާޅުވެފައިވަނީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ޙާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަރޝިޕް ތައްޔާރުވެފައިވާ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ތެރެއިން 600 އަށްވުރެ ގިނަ މީހުން ގެއަށް ނުދެވޭގޮތަށް ވަނީ އެކަހެރި ކޮށްފައެވެ. މިހާތަނަށް އައިއިރު ފުލުހުންގެ ތެރެއިން 130 ފުލުހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށް މަބްރޫކް ވަނީ މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި އަދި އެމީހުންގެ ފުށުން އެމީހުންގެ ޢާއިލާ ރައްކާތެރިކުރުމަށްޓަކައި ކުރިޔަށް އޮތްތަނުގައިވެސް ބޭނުންވެއްޖެނަމަ އެމީހުން އެމީހުންގެ ޢާއިލާ ކައިރިއަށް ނުދެވޭގޮތަށް ތަންތަން ހަމަޖައްސަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް