Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންގެ މުސާރަ ކުޑަކުރުން

ޑާބީ ކައުންޓީގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި

އަދި އެ ކްލަބުގެ ކޯޗުންނާއި ޗީފް އެގްޒެކެޓިވް ވެސް ވަނީ މުސާރަ ކުޑަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2020 | ބުދަ 12:35
ޑާބީ ކައުންޓީގެ ފޯވާޑް ވޭން ރޫނީ

ޑާބީ ކައުންޓީގެ ފޯވާޑް ވޭން ރޫނީ

އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑާބީ ކައުންޓީގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރި ނަމަވެސް، މުސާރައިން އުނިކުރަން ނިންމި ވަކިވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ކާޑިފްގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު ފިލިޕް ކޯކޫ އާއި ޗީފް އެގްޒެކްޓިވް ސްޓެފަން ޕިއާސް ގެ މުސާރަވެސް ވަނީ ކުޑަކޮށްފައެވެ. ޑާބީ ކައުންޓީގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރިއިރު، މީގެ ކުރިން އެޓީމުގެ ފޯވާޑް ވޭން ރޫނީ ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމާ ދެކޮޅަށް ވާހަކަދައްކާފައެވެ.

ކާޑިފްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރިއިރު، މީގެ ކުރިން އީއެފްއެލް ޗެމްޕިއަންޝިޕް ގައި ވާދަކުރަމުން އަންނަ ލީޑްސް ޔުނައިޓެޑް، ބްރިސްޓޯލް ސިޓީ، ވިގަން، ސްވޯންސީ ސިޓީ އަދި ބާމިންހަމް ސިޓީން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ. އަދި އިނގިރޭސި އެއްވަނަ ޑިވިޝަން ކަމަށްވާ ޕްރިމިއާ ލީގުން މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ އާސެނަލް، ޝެފީލްޑް ޔުނައިޓެޑް، ވަޓްފޯޑް، ސައުތެމްޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ކްލަބުތަކަށް މާލީގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިނގިރޭސިވިލާތުގައި ވަނީ ހުރިހާ ފުޓްބޯޅަ މުބާރާތްތަކެއް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
18 މާރިޗު 2017

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު