Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެމިއަ ލީގު

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

ޓޮޓެންހަމް އޮތީ ކުޅުނު 29 މެޗުން ލީގުގެ ދެވަނައިގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 2 އެޕްރީލު 2017 | އާދީއްތަ 10:35
ޓޮޓެންހަމްގެ އެރިކް ޑަޔާ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޓޮޓެންހަމްގެ އެރިކް ޑަޔާ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ބާންލީގެ މައްޗަށް ކުރިހޯދައި އެއްވަނާގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމަށްވެސް ލީޑު ނަގާނެ ގިނަ ފުރުސަތުތަކެށް ލިބުނު ނަމަވެސް އެ ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ.

ނަމަވެސް ދެވަނަ ހާފްގައި ޓޮޓެންހަމްއިން ކުޅުން އިތުރަށް ވަރުގަދަކޮށް މެޗްގެ ލީޑް ނެގި އެވެ. މިލަނޑު 66 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ކާމިޔާބުކޮއްދިނީ އެރިކް ޑަޔާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޓޮޓެންހަމްއަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ. އޭގެ ދިހަ މިނެޓް ފަހުން ޓޮޓެންހަމްއިން ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހިއުން މިން ސަން އެވެ.

ޓޮޓެންހަމްއިން ހޮނިހިރު ދުވަހުގެ ރޭ މުހިންމު މޮޅެށް ހޯދިއިރު މެންޗެސްޓާ ޔުަނައިޓެޑް ވަނީ ކުޅުނު މެޗުން އެއްވަރުވެ ފަސްވަނާގައި ދެމިއޮވެވޭނެ ކަމާމެދު ބިރުހީވެފަ އެވެ. ވެސްޓް ބްރޯވްންވިޗް އާ ދެކޮޅަށް މެންޗެސްޓަ ކުޅުނު މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެށް ނުޖެހި އެއްވަރު ވެގެންނެވެ. އެހެންކަމުން އާދީއްތަ ދުވަހު އާސެނަލްއާ ސިޓީ ބައްދަލުކުރާ މެޗް އާސެނަލުން ކާމިޔާބުކޮއްފިނަމަ މެންޗެސްޓާ ޔުނައިޓެޑް އަލުން ތާވަލުގެ ހަ ވަނައަށް ވެއްޓުން ގާތެވެ.

ހޮނިހުރު ދުވަހު ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ހަލް ސިޓީ ވަނީ ވެސްޓް ބްރޯވްން އަތިން 2-1 ގެ ނަތީޖާއިން މޮޅުވެފަ އެވެ. ލެސްޓާ ސިޓީއިން 2-0 ގެ ނަތީޖާއަކުން ސްޓްރޯކް ސިޓީގެ މައްޗަށް ކުރި ހޯދިއިރު ސަންޑަލޭންް އަތުން ވަޓްފޯޑް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ހޮނިހިރު ދުވަހުގެ މެޗްތަކަށްފަހު ޕޮއިންޓް ތާވަލަށް ބަލާއިރު އެއްވަނާގައި އަދިވެސް އޮތީ ޗެލްސީ އެވެ. ޗެލްސީއަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 69 ޕޮއިންޓް އެވެ. ދެވަނާގައި އޮތް ޓޮޓެންހަމް އަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 62 ޕޮއިންޓް އެވެ. ތިންވަނާގައި އޮތް ލިވަޕޫލަށް ކުޅުނު 30 މެޗުން 59 ޕޮއިންޓް ލިބިފައި ވާއިރުހަތަރު ވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ކުޅުނު 28 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓް އެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު