Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މި ހިނގާ ދައުރު މެއި 31 އަށް ދައްމާލައިފި

29 އެޕްރީލު 2020 | ބުދަ 09:20

މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އެޕްރީލު 2020 | ބުދަ 09:20
ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާ

ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމުމަށްފަހު ލިބޭ ޗުއްޓީ ކެންސަލް ކުރުމަށްފަހު، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމުމަށްފަހު، ލިބޭ އެއްމަސް ދުވަހުގެ ޗުއްޓީ ކެންސަލް ކުރުމަށާއި އަދި މިއަހަރުގެ ފުރަތަމަ ދައުރު މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިން އޭޕްރީލް މަހުގެ ނިޔަލަށެވެ. އެހެންކަމުން މި އޭޕްރީލް ނިމުމާއެކު މަޖިލީހުގެ ޤަވާއިދު ބުނާގޮތުން އެއް މަސް ދުވަހުގެ ޗުއްޓީއެއް މެންބަރުންނަށް ލިބެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރު ނިމުމާއެކު ލިބޭ ޗުއްޓީ ނުނަގައި، މަޖިލީހުގެ ޖަލްސާތައް ބޭއްވޭ ގޮތަށް މަޖިލީހުގެ މެންބަރުން ތިއްބެވުމަކީ ކޮވިޑް-19ގެ މިޙާލަތުގައި ޤައުމު އޮތްއިރު، މުހިންމު ކަމެއް ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މެއި މަހުގެ 31 ވަނަ ދުވަހަށް އިތުރު ކުރެއްވުމުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ޖުލައި މަހުން ފެށިގެން ކުރިއަށްދާނެ އެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް މިއަހަރު ފުރަތަމަ ދައުރުނިމި، ދެވަނަ ދައުރު ފެށޭއިރު ލިބޭ ޗުއްޓީއެއް ނުލިބޭނެ އެވެ.

ރައީސް، ނަޝީދު ވިދާޅުވީ، ކޮވިޑް-19ގެ މިޙާލަތުގައި މަޖިލިސް ހިންގުމަކީ ސަރުކާރު ހިންގުމަށް ފަސޭހަވެ، އަދި ސަރުކާރާ ދައުލަތުގެ އިދާރާތައް ޒިންމާދާރު ކުރުމަށް ވެސް މުހިންމު ކަމެއްކަމަށެވެ. އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކަށްވާނީ މިޙާލަތުގައި މަޖިލިސް ކުރިއަށް ދިއުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ މިހާލަތުގައި ވެސް މަޖިލީހުގެ މަސައްކަތްތައް ކުރެވޭގޮތަށް ހަމަޖެހިފައިވާތީ، މިހާލަތުގައި މަޖިލީހުގެ މަސައްކަތްތައް ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ކޮވިޑް-19 ރޯގާ އާ ގުޅިގެން، މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް