Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދީނާއި ދުނިޔެ

މިއީ މާތްﷲ ގެ ކޯފާއެއް ނޫން: ރައީސް މައުމޫން

މީގެ ކުރިން ވެސް މުސްލިމުންނަށް މިކަހަލަ ބޮޑެތި ބަލިމަޑުކަން ދިމާވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އެޕްރީލު 2020 | އަންގާރަ 12:09
ރައީސް މައުމޫން

ރައީސް މައުމޫން

މިފަހަރު ރަމަޟާން މަހާއި ކުރިމަތިލާން ޖެހިފައިވަނީ ވަރަށް ނުރައްކާތެރި ދަނޑިވަޅެއްގައި ކަމަށްވީ ނަމަވެސް މިއީ މާތްﷲ ގެ ކޯފާއެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ފައުންޑޭޝަންގެ ޔޫޓިއުބް ޗެނަލްގައި "ދިނާއި ދުނިޔެ" ގެ ނަމުގައި ހިއްސާ ކުރައްވާފައިވާ ވީޑިއޯގެ ޒަރިއްޔާ އިން މި ރޯދަ މަހު ވެސް އެމަނިކުފާނު ވަނީ ދީނީ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ބަލިމަޑުކަމަކީ މާތްﷲ ގެ ކޯފާއެއް ނޫން ކަމަށާއި އެކަން އެނގެނީ ސޫރަތުލް ބަޤަރާ އިން ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ވެސް މުސްލިމުންނަށް މިކަހަލަ ބޮޑެތި ބަލިމަޑުކަން ދިމާވެފައިވާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ކީރިތި ރަސޫލާގެ އަސްހާބުންގެ ޒަމާނުގައި ޠާޢޫނު ބަލި ފެތުރިގެންދިޔަ ކަމަށެވެ. އަދި މާތްﷲ ސުވަރުގެ ވައްދަވާނެކަމުގެ ވައުދުގެ ބަސްފުޅު އިއްވަވާފައިވާ 10 ބޭކަލުންގެ ތެރެއިން ބޭކަލެއް މި ބަލީގައި އަވާހަރަވެވަޑައިގަތް ކަމަށާއި މިކަމުން ވެސް ދޭހަވަނީ މިފަދަ ބަލިމަޑުކަމަކީ މާތްﷲ ގެ ކޯފާއެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެން އެންމެންގެ އިމާންތެރިކަން އިމްތިހާނު ކުރުމަށްޓަކައި ދިމާވެފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިކަމުން ސަލާމަތްވާނެ ގޮތް ވެސް ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ލިބިގެންދާނެ ކަމަށް ބަޔާންވެގެންވާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އެންމެ މާތް ސިފަތައް ކަމުގައިވާ އަހްވަންތަކަމާއި އެއްބަނޑުއެއްބަފާކަމުގެ ސިފަ އިސްކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން މީހުންނަށް ދިމާވާ ކަންތައްތައް ތަސައްވަރުކޮށް، އެހެން މީހުންނަށް ދިމާވާ ކޮންމެ ކަމަކީ، އެއީ އަހަރުމެން އެންމެންނަށް ވެސް ދިމާވާ ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ދީލަތި ކަމާއެއްކޮށް އެހެން މީހުންނަށް އެހީތެރިވެދިނުމަކީ މުހިންމު ކަމެއް ކަމަށާއި މިފަދަ ކަމަކުން ސަލާމަތް ވެވޭނީ އެންމެން އެކީގައި މަސައްކަތް ކޮށްގެން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ އަޒުމުގައި މަސައްކަތްކޮށްފިނަމަ ލަސްތަކެއް ނުވެ މިކަމުން ސަލާމަތް ވެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ރަމަޟާން މަހު މި ދިމާވި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ޖެހިލުންވެ، މާޔޫސްވާންވީ ކަމެއް ނޫން ކަމަށާއި އެންމެން ގުޅިގެން މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް މައުމޫން ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ.

އަދި އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް މި ބަރަކާތްތެރި މައްސަރުގެ ދަރުމަ އާއި ސަވާބު ލިބިގަތުމަށް ގަދަ އަޅާ މަސައްކަތް ކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު