Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެރިޓީ އަށް އެހީވާން އެދުން

ޗެލްސީގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކޮށް، ޗެރިޓީ އަށް އެހީވާން އެދިއްޖެ

25 އެޕްރީލު 2020 | ހޮނިހިރު 15:13

މީގެ ކުރިން ވަނީ ކުޅުންތެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރަން މަޝްވަރާ ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އެޕްރީލު 2020 | ހޮނިހިރު 15:13
ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޗެލްސީގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކޮށް، ޗެރިޓީ އަށް އެހީވާން ކުޅުންތެރިންގެ ކިބައިން އެދިއްޖެ އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މީގެ ކުރިން ޗެލްސީން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން ކުޅުންތެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ޗެލްސީގެ ކެޕްޓަން ސެޒާ އެޒްޕަލިކިއުޓާ އާއެކު ޗެލްސީގެ ޑިރެކްޓަރު މަރިއާނާ ގްރަނޮވޮސްކިއާ މަޝްވަރާ ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ހޮނިހިރު ދުވަހު ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުންތެރިންގެ މުސާރަ ކުޑަނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ވަނީ ޗެރިޓީތަކަށް އެހީވާން ކުޅުންތެރިންގެ ކިބައިން އެދިފައެވެ. އަދި ކުޅުންތެރިންގެ މުސާރަ ކުޑަނުކުރި ނަމަވެސް، އެ ކްލަބުގެ މުވައްޒަފުން ނޯޕޭ ލީވްއަށް ނުފޮނުވާނެ ކަމަށާއި، މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޗެރިޓީތަކަށް އެހީވާން ކުޅުންތެރިންގެ ކިބައިން އެދުނުއިރު، މީގެ ކުރިން ޗެލްސީން ވަނީ ކޮވިޑް-19 އާ ގުޅިގެން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް 78،000 މީލް ޕެކް ފޯރުކޮށްދީފައެވެ. އަދި ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގެ އެއް ހޮޓާވެސް ވަނީ ނެޝަނަލް ހެލްތު ސާވިސަސްގެ ބޭނުމަށް ދޫކޮށްފައެވެ.

ޕްރިމިއާ ލީގުން މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ އާސެނަލް، ޝެފީލްޑް ޔުނައިޓެޑް، ސައުތެމްޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންވެސް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮތުން އަސަރު ކޮށްފައެވެ. އެގޮތުން މިފަހަރުގެ ސީޒަން ފުރިހަމަ ނުކުރެވިއްޖެނަމަ، ކްލަބުތަކަށް އެއް ބިލިއަން ޔޫރޯގެ ގެއްލުން ވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް