Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދުބާއީގައި ޒަކާތްދިނުން

ޒަކާތުގެ ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދެވިދާނެ: ދުބާއީ އިސްލާމިކް އެފެއަރޒް

ކޮވިޑް-19 ރޯގާ ޖެހި، ފަރުވާކުރާނެ ގޮތެއް ނެތިފައި ތިބި ފަޤީރުންނަށް ޒަކާތް ފައިސާ ދިނުން ހުއްދަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 23 އެޕްރީލު 2020 | ބުރާސްފަތި 22:48
ޔޫއޭއީ ފައިސާ

ޔޫއޭއީ ފައިސާ

ޒަކާތު ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދިނުން ހުއްދަ ކަމަށް ދުބާއީގެ އިސްލާމިކް އެފެރއަޒް އެންޑް ޗެރިޓޭބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުގެ ގްރޭންޑް މުފްތީ އަދި ޑިރެކްޓަރ އޮފް އިފްތާ, އަޙްމަދު ބިން އަބްދުލް އަޒީޒް އަލް-ހަދާދު ވިދާޅުވެއްޖެއެވެ.

ގަލްފުގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، ހޮސްޕިޓަލަކަށް ނުވަތަ ފަރުވާދޭ މަރުކަޒަކަށް ބޭނުންވާ ފަންނީ އާލާތްތައް ގަތުމަށާއި، މުވައްޒަފުންނަށް މުސާރަދިނުމަށް އެހީއެއްގެ ގޮތުން ޒަކާތު ފައިސާ ހަދިޔާނުކުރެވޭނެކަމަށް މުފްތީ ވިދާޅުވެފައިވެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާގޮތުގައި ޒަކާތް ދޭން ޖެހެނީ އެއަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމުގައި ވާތީއެވެ. އެހެންނަމަވެސް ތަނަވަސް މީހުން އެފަދަ މަރުކަޒުތަކައް ޞަދަޤާތުގެގޮތުގައި މާލީގޮތުން އެހީތެރި ވެވިދާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ފަތުވާ މުފްތީ ދެއްވާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ޙަދީޘްތަކައް ރިޢާޔަތްކުރެއްވުމަށްފަހުއެވެ.

މުފްތީ ވިދާޅުވެފައިވަނީ ކޮވިޑް-19 ޖެހި ފަރުވާއާއި އެހެނިހެން ބޭނުންތައް ފުއްދުމަށް ނުކުޅެދިފައިވާ މީހުންނާއި، މި ރޯގާއާއި ގުޅިގެން ވަޒީފާ ގެއްލި ޙާލުގައި ޖެހިފައިވާ މީހުންނާއި، މި ދަނޑިވަޅުގައި ފައިސާ ލިބޭނެ ގޮތް ހުސްވެފައިވާ މީހުންނަށް ޒަކާތުގެ ފައިސާ ދެވިދާނެކަމަށެވެ. މީގައި އާއިލާގެ މީހުންނާއި އަވަށްޓެރިންވެސް ހިމެނިދާނެކަމަށްވެސް މުފްތީ ވިދާޅުވެފައިވެއެވެ. އަދި ޢާއިލާ މީހަކު ޙާލުގައި ޖެހިފައި ހުރިނަމަ، އެންމެ އެދެވިގެންވަނީ އެމީހުންނަށް ދިނުންކަމުގައިވެސް މުފްތީ ވިދާޅުވެފައިވެއެވެ.

އާންމުގޮތެއްގައި ދުބާއީގައި ޒަކާތް ދައްކަނީ ނިޞާބަށްވާ ފައިސާއިންނެވެ. އެހެންނަމަވެސް އާދަކާދައިގެ މަތިން ބައެއް މީހުން އަދިވެސް ރަނާއި ރިހިން ޒަކާތް ދައްކައި އުޅެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޗާޕްކުރި ފައިސާ ނުގެނެވި ޔަމަނުގައި ފައިސާ މަދުވެފައި

ޗާޕްކުރި ފައިސާ ނުގެނެވި ޔަމަނުގައި ފައިސާ މަދުވެފައި

15 އޯގަސްޓު 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު