Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަނުގައި ކޮލެރާ ފެތުރުން

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

ޔަމަނުގައި މިހާތަނަށް 2000 އެއްހާ މީހުން މި ބަލީގައި މަރުވެފައިވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 09:18
ޔަމަނުގައި ކޮލެރާ ފެތުރުން ވަނީ ކޮންޓްރޯލުން ނައްޓާފައި

ޔަމަނުގައި ކޮލެރާ ފެތުރުން ވަނީ ކޮންޓްރޯލުން ނައްޓާފައި

ކޮލެރާ ޖެހިގެން ޔަމަނުގައި ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކައަށް އަރާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހާމަކޮށްފިއެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި މި ބަލި ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާއިރު، ޑަބްލިއުއެޗްއޯއިން ވަނީ މި ބަލީގެ ސަބަބުން ޔަމަނުގައި މިހާތަނަށް 2000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ހާމަކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި މިދިޔަ ޖުލައި މަހަށް ފަހު މި ބައްޔަށް ޝައްކުކުރެވިގެން ދުވާލެއްގެ މައްޗަށް ރިޕޯޓްކޮށްފައިވާ މީހުންގެ އެވަރެޖް އަދަދު ދަށްވެފައިވީ ނަމަވެސް އަދިވެސް ދުވާލަކު ފަސްހާހެއްހާ މީހުން މި ބަލިޖެހިގެން ރިޕޯޓްކުރެއެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި މި ބައްޔަކީ ސާފުތާހިރުކަމުގެ މިންވަރު ދަށްވުމުގެ ސަބަބުން އަދި ތަޢައްޔަރުވެފައިވާ ފެނުގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާއިރު މި ބަލި ޔަމަނުގައި ފެތުރޭ މިންވަރު އެހާ އަވަސްވެފައިވާ ސަބަބަކީ ޔަމަނުގައި ހިންގަމުންދާ ދާޙިލީ ހަނގުރާމައިގެ ސަބަބުން ސާފު ބޯ ފެން ލިބުމަށް މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. ޔަމަނުގައި 14 މިލިއަނެއްހާ މީހުންނަށް ސާފު ބޯ ފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އަވަހަށް ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވާ މި ބައްޔަކީ ބައެއް ފަހަރު މި ބަލީގެ އެއްވެސް ނިޝާނެއް ހަށިގަނޑުން ނުފެންނަ ބައްޔެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ޔަމަނުގައި ހިނގަމުންދާ ދާޙިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ އަދި ބަލި މީހުންނަށް ފަރުވާކުރުމަށް ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ޑަބްލިޔު އެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު