Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ހަނގުރާމަ

ޗާޕްކުރި ފައިސާ ނުގެނެވި ޔަމަނުގައި ފައިސާ މަދުވެފައި

ފައިސާ ހިފައިގެން އަދަނަށް ދަތުރުކުރަން އުޅުނު 13 ފްލައިޓެއް މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކޯލިޝަނުން ހުއްޓުވާފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 އޯގަސްޓު 2017 | އަންގާރަ 09:12
ފައިސާ ހިފައިގެން އަދަނަށް ދަތުރުކުރަން އުޅުނު 13 ފްލައިޓެއް މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކޯލިޝަނުން ހުއްޓުވާފައިވޭ

ފައިސާ ހިފައިގެން އަދަނަށް ދަތުރުކުރަން އުޅުނު 13 ފްލައިޓެއް މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކޯލިޝަނުން ހުއްޓުވާފައިވޭ

ސައުދީ އަރަބިއްޔާ އާއި ގުޅިފައިވާ ކޯލިޝަނުން ޔަމަނުގެ އިގްތިސާދުގެ ވައިނޮޅީގައި ހިފައި ހާސްކޮށްލާފައިވާ ކަމަށް ޔަމަނުގެ މަރުކަޒީ ބޭންކުން ބުނެފިއެވެ.

އެ ގައުމުން މިހެން ބުނީ ރަޝިއާގައި އަލަށް ޗާޕްކޮށްފައިވާ ޔަމަނުގެ ފައިސާ އެ ގައުމަށް އުފުލުން އެ ކޯލިޝަނުން ހުއްޓުވުމާ ގުޅިގެންނެވެ.

ޔަމަނުގެ މަރުކަޒީ ބޭންކްގެ ގަވަރނަ މަންސްރު އަލް ޤައިތީ އާދީއްތަ ދުވަހު ވިދާޅުވީ ފައިސާ ހިފައިގެން އަދަނަށް ދަތުރުކުރަން އުޅުނު 13 ފްލައިޓެއް މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކޯލިޝަނުން ހުއްޓުވާފައިވާ ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުގެ މަރުކަޒީ ބޭންކްގެ ގަވަރނަރ ވަނީ ސައުދީ ކޯލިޝަނުން "ޔަމަނުގެ އިގްތިސާދު ނޭވާ ހާސްކޮށްލާފައިވާ ކަމަށް" ތުހުމަތުކުރައްވާފައެވެ.

ސައުދީ އަރަބިއްޔާ އާއި ގުޅިފައިވާ ގައުމުތަކުން ޔަމަނަށް އެރީ ޔަމަނުގައި އޮތް ގާނޫނީ ސަރުކާރު ،ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ސިފައިން ބަޤާވާތަކުން ބަދަލުކުރަން އުޅުމުން އެ ސަރުކާރުގެ ދިފާއުގައެވެ.

ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީއަށް ސައުދީ އަރަބިއްޔާއިން ހިމާޔަތްދީ ސައުދީ ކޯލިޝަނުން ޔަމަނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.

ޔަމަނުގައި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާއިރު އޭޕްރީލް މަހުން ފެށިގެން ފެތުރެމުން އަންނަ ކޮލެރާގައި 2،000 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން ލަފާކޮށްފައިވާ ގޮތުގައި މިހާތަނަށް 500،000 އެއްހާ މީހުންނަށް ވަނީ ކޮލެރާ ޖެހިފައެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު