Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީން އަނބުރާ ގައުމަށް ފޮނުވުން

ރާއްޖޭގައި ތިބި ބިދޭސީން އަނބުރާ ގައުމަށް ގެންދަން ތިން ފްލައިޓެއް ހަމަޖެހިއްޖެ

22 އެޕްރީލު 2020 | ބުދަ 19:02

އިޓަލީގެ ނިއޫސް ފްލައިޓް އާއި ގަރޫޑާ އިންޑޮނޭޝިއާ އެއަރލައިންސް ފްލައިޓް ފުރާނީ އޭޕްރިލް 24 ގައި

އަމަން ހަލީމް
އަމަން ހަލީމް | 22 އެޕްރީލު 2020 | ބުދަ 19:02
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސްފައި ތިބި ބިދޭސީންތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސްފައި ތިބި ބިދޭސީންތަކެއް

ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ބިދޭސީ މުވައްޒަފުންނާއި ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ތިން ފްލައިޓެއް ހަމަޖެހިއްޖެ އެވެ.

ގައުމަށް ނުދެވިފައި ތިބި ބިދޭސީން ބަލާ އަންނަ ފްލައިޓްތަކުގެ ތެރެއިން އިޓަލީގެ ނިއޫސް ފްލައިޓް އާއި ގަރޫޑާ އިންޑޮނޭޝިއާ އެއަރލައިންސް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން ހަމަޖެހިފައިވަނީ އޭޕްރިލް 24 ވަނަ ދުވަހު އެވެ. އަދި ފިލިޕީންސް އެއަރލައިން ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 25 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މި ފްލައިޓްތަކުގައި ފުރަންޖެހޭ ފަސިންޖަރުން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސަނީ ޓޫރިޒަމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަދި ޓޫރިސްޓް ޕޮލިސް ގުޅިގެންނެވެ. އަދި މި ފަރާތްތައް އެއަޕޯޓަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލު ވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން އެއަރޕޯޓަށް ދަތުރުކުރުމުގެ ހުއްދަ ފުލުހުން ދޭނީ މި ފްލައިޓްތަކުން ޖާގަ ޔަގީންކޮށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، މި ފަރާތްތައް އެއަރޕޯޓަށް ގެންދާ އުޅަނދުތަކުގެ ފަޅުވެރިންނަށް އެއަރޕޯޓަށް ނުފޭބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ފުރަން އެއަރޕޯޓަށް ދަތުރުކުރަން ޖެހޭ ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީ ފޯރުކޮށްދިނުމަށް ރިސޯޓުތަކާއި، ގެސްޓްހައުސްތައް އަދި ރަށު ކައުންސިލްތަކަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސްފައިވާއިރު، އަނބުރާ ގައުމަށް ނުދެވި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މި ފަރާތްތަކުގެ އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާކުރާ ކަމަށް ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް