Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ކޮވިޑް-19 ގެ ޙާލަތު

ސައުދީގެ އެންމެ މުޤައްދަސް ދެ މިސްކިތުގައިވެސް ރަމަޟާން މަހު ޖަމާއަތުގައި ނަމާދު ނުކުރެވޭ

ސައުދީއަރަބިއާއިން މިހާތަނަށް ކޮވިޑް-19 ގެ 10،400ށް ވުރެ ގިނަ ކޭސް ފެނިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2020 | އަންގާރަ 04:41
މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް

މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް

ސައުދީއަރަބިއާގެ އެންމެ މުޤައްދަސް ދެ މިސްކިތް ކަމަށްވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމްއާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި ރަމަޟާން މަހުވެސް ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މަސްޖިދުލް ޙަރަމްއާއި މަސްޖިދުލް ނަބަވީގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާއިރު، އެ ޤައުމުގެ މިހާރުގެ ޙާލަތަށް ބަލައި ހޯމަ ދުވަހު އެ ނިންމުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުވެސް އެ ދެ މިސްކިތުގައި ޖަމާއަތުގައި ފަރުޟު ނަމާދު ކުރުމާއި، ތަރާވީސް ނަމާދު ކުރުން މެދުކަނޑާލާފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް ދެ މިސްކިތުގައިވެސް ފަރުޟު ނަމާދުގެ ބަންގި ގޮވާނެ ކަމަށާއި، ރަމަޟާން މަހު އަޅުކަން ކުރުމަށް އާންމުންނަށް މިސްކިތްތައް ބަންދުވެފައި ހުންނާނެ ކަމަށް މިސްކިތްތަކާއި ޙަވާލުވެ ހުންނަވާ އިމާމް ޝެއިޙް އަބްދުއްރަޙްމާން ބިން އަބްދުލްއަޒީޒް އާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސައުދީން މިގޮތަށް ނިންމާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހު އެ ޤައުމުގެ އެހެން މިސްކިތް ތަކުގައިވެސް ޖަމާއަތުގައި ނަމާދު ނުކުރުމަށާއި، ކުރިއަށް އޮތް ފިތުރު އީދުގެ އީދު ނަމާދުވެސް ގޭގައި ކުރުމަށް ރައްޔިތުންނަށް ވަނީ އަންގާފައެވެ. އަދި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަ ވީއްލުމުގެ ހަރަކާތްތަކާއި ކެއުންތައް މިއަހަރު ނުބޭއްވުމަށްވެސް އަންގާފައިވެއެވެ.

އޭގެ އިތުރުން، އާދިއްތަ ދުވަހުން ފެށިގެން އެ ޤައުމުގައި ކާފިއު އިއުލާނު ކޮށްފައިވާއިރު، 24 ގަޑިއިރަށް ކާފިއު އިއުލާނުކުރި ސަރަޙައްދުތަކުގެ ތެރޭގައި ވެރިރަށް ރިޔާދްވެސް ހިމެނެއެވެ.

ސައުދީއަރަބިއާއިން މިހާތަނަށް ކޮވިޑް-19 ގެ 10،400ށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، މިހާތަނަށް 103 މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު