Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގެ މޫސަލް

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

ގުޅިފައިވާ ކޯލިޝަނުން ބުޜާސްފަތި ދުވަހު ދިން ހަމަލާއެއްގައި ވެސް އާންމުން ވަނީ މަރުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 މެއި 2017 | ހުކުރު 09:20
ގުޅިފައިވާ ކޯލިޝަނުގެ ޓޭންކަރެއް މޫސަލް އަށް މިސްރާބު ޖަހަނީ

ގުޅިފައިވާ ކޯލިޝަނުގެ ޓޭންކަރެއް މޫސަލް އަށް މިސްރާބު ޖަހަނީ

އިރާގު މޫސަލް އަށް އެމެރިކާ އިން މާޗް މަހު ދިން ހަމަލާއެއްގައި މަދުވެެގެން އާންމުންގެ 105 މީހުން މަރުވެފައިވާ ކަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާ އަމާޒު ކުރީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދެ ސްނައިޕަރުންނަށް ކަމަށެވެ. އަސްކަރިއްޔާ އިން ދިން ހަމަލާ އިން އާންމުން މަރުވީ ހަނގުރާމަވެރިން އެމީހުން ތިބި އިމާރާތުގައި ބަހައްޓާފައިވާ ގޮވާތަކެތި، އަސްކަރިއްޔާ އިން ދިން ހަަމަލާގެ ސަބަބުން ގޮވުމުގެ ސަބަބުން ކަމަށެވެ. ހަމަލާގެ ސަބަބުން އިމާރާތުގެ ތިރީ ފަންގިފިލާގައި ތިބި އާންމުން މަރުވީ އިމާރާތް ބިމާ ހަމަވުމުގެ ސަބަބުންނެެވެ.

މާޗް މަހު އެމެރިކާ އިން ދިން ހަމަލާއާ ގުޅޭގޮތުން، އެމެރިކާގެ އަސްކަރިއްޔާ އިން ކުރިން ބުނެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން ހަަމަލާ ދީފައި ވަނީ އިރާގު ސިފައިން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ހަމަލާގެ ސަބަބުން އޭގެ ގެއްލުންވި ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ފޮނުވާފައެެވެ. އަދި އައިއެސްއާ ހަނގުރާމަ ކުރަމުން ދަނީ ވީހާ ވެސް އާންމުންނަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް އަސްކަރިއްޔާ އިން ބުނެއެވެ.

އައިއެސް އަތުން މޫސަލް އެއްކޮށް މިނިވަން ކުރުމަށް ގުޅިފައިވާ ކޯލިޝަނުން ކުރަމުންދާ މަސައްކަތް އަދިވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައި ވެސް އާންމުންގެ 35 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު