Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންގެ މުސާރަ ކުޑަކުރުން

އާސެނަލްގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި

20 އެޕްރީލު 2020 | ހޯމަ 17:30

ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗުންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އެޕްރީލު 2020 | ހޯމަ 17:30
އާސެނަލްގެ ޝޮކްޑްރަން މުސްތާފީ އާއި ހެކްޓާ ބެލެރިން

އާސެނަލްގެ ޝޮކްޑްރަން މުސްތާފީ އާއި ހެކްޓާ ބެލެރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ އާސެނަލްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އާސެނަލުން ވަނީ އެޓީމުގެ ކުޅުންތެރިންގެ އިތުރަށް، ކޯޗު މިކޭލް އާޓެޓާ އާއި އިތުރު އޮފިޝަލުންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އަދި މި ގޮތަށް އަމަލުކުރަން ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ.

މުސާރަ ކުޑަކުރަން އާސެނަލްގެ ކުޅުންތެރިން އެއްބަސްވީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ، ކުޅުންތެރިންނަށް ބޯނަހެއް ދޭން އާސެނަލުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ، ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ޕައުންޑުގެ ބޯނަހެއް ދޭން އާސެނަލުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ އިތުރު ފަސް ލައްކަ ޕައުންޑް، ނުވަތަ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ އިތުރު އެއް ލައްކަ ޕައުންޑް ދޭން އާސެނަލުން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއާ ލީގު ތާވަލުގައި އާސެނަލް މިވަގުތު އޮތީ ނުވަވަނައިގައި 40 ޕޮއިންޓާއެކު އެވެ.

އާސެނަލުން އެޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމިއިރު، މީގެ ކުރިން ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑުންވެސް ވަނީ އެޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ. ދެން މުސާރަ ކުޑަކުރަން މަސައްކަތް ކުރަމުން އަންނަނީ ޗެލްސީ އާއި ވަޓްފޯޑުންނެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންވެސް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮތުން އަސަރު ކޮށްފައެވެ. އެގޮތުން މިފަހަރުގެ ސީޒަން ފުރިހަމަ ނުކުރެވިއްޖެނަމަ، ކްލަބުތަކަށް އެއް ބިލިއަން ޔޫރޯގެ ގެއްލުން ވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް