Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

މާޅެންދޫ މޮޅުވީ ކެނދިކުޅުދޫއާ ވާދަކޮށް 0-1 ގެ ނަތީޖާއަކު

ލީވާން އަލީ
ލީވާން އަލީ | 31 މާރިޗު 2017 | ހުކުރު 23:47
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އުނގޫފާރު ޓީމް އަދި ރ.ރަސްމާދޫ

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އުނގޫފާރު ޓީމް އަދި ރ.ރަސްމާދޫ

މިނިވަން ޗެމްޕިއަންޝިޕްގައި ރ. އުނގޫފާރު ފެށުން ރަނގަޅުކުރި އިރު، ނ. މާޅެންދޫ އެ އަތޮޅު ޒޯންގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން މާޅެންދޫ މޮޅުވީ ކެނދިކުޅުދޫއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ކެނދިކުޅުދޫ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާޅެންދޫ އަށް ކާމިޔާބުކޮށް ދިނީ މުހައްމަދު ފައިސަލް އެވެ. މި ލަނޑަށް ފަހު ވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބިފައެވެ.

މީގެ އިތުރުން ކެނދިކުޅުދޫއިން ވެސް މެޗުގައި މޮޅ ކުޅުމެއް ދައްކާފައިވާއިރު، އެޓީމަށް ވެސް ވަނީ މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޅެންދޫ ޓީމުގެ މުހައްމަދު ނައުފަލް އެވެ.

މި ނަތީޖާއާއެކު ލީގު ބުރުގެ އުސޫލުން ކުޅޭ މި ޒޯނުގެ ފައިނަލާ ގާތަށް ހަތް ޕޮއިންޓާއެކު މާޅެންދޫ ދަތުރުކޮށްފައިވާއިރު، އެޓީމު ލީގު ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން ރ.ރަސްމާދޫއާ ވާދަކޮށް އުނގޫފާރު މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

އުނގޫފާރު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކޫޅުނީ އެޓީމުންނެވެ. އެގޮތުން 42 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ބޭނާޑް ކަވަސީ އެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް 0-1 ގެ ނަތީޖާއިން އުނގޫފާރުގެ ބުރަވެގެން ނިމުނުއިރު، ދެވަނަ ހާފް ފެށިގެންވެސް ލީޑު ފުޅާކުރަން އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އުނގޫފާރުން މެޗުގެ ލީޑު ފުޅާކުރީ 68 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ގާނާގެ ފޯވާޑް ބެނާޑް ކަވަސީ އެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު