Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށި ޖަލު ހަލަބޮލިކުރަން އުޅުން

ރޭ ޖަލުގައި ހިނގި ހާދިސާ ކޮންޓްރޯލްކުރުމަށް އަމަލު ކޮށްފައިވަނީ ކުރީފަހަރުތަކާ ބަލާއިރު ޕްރޮފެޝަނަލްކޮށް: އަލީ ނަޒީރު

19 އެޕްރީލު 2020 | އާދީއްތަ 08:39

ހޮނިހިރު ދުވަހުގެ ރޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ތިން މީހަކަށް ވަނީ އަނިޔާވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އެޕްރީލު 2020 | އާދީއްތަ 08:39
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

މިހާތަނަަށް އެނގޭގޮތުގައި ރޭ މާފުށި ޖަލުގަ ހިނގި ހާދިސާ ކޮންޓްރޯލްކުރުމުގަ އޮފިސަރުން އަމަލު ކޮށްފައިވަނީ ކުރީފަހަރުތަކާ ބަލާއިރު ޕްރޮފެޝަނަލްކޮށް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަންސް ސަރވިސްއިން ބުނެފައިވަނީ މަފުށީ ޖަލު ޔުނިޓު ނުވައެއްގައި ތިބި ގައިދީންނަށް ކާންދިނުމަށް ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ކަމަށެވެ. ޖަލުގައި ހިނގި އެ ހާދިސާގައި ގައިދީއަކާއި ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިކަން ކޮންޓްރޯލްކުރުމަށް އޮފިސަރުން މަސައްކަތް ކުރިގޮތް ސާފުވާނީ އިންސިޑެންޓް ރިޕޯޓާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީގެ ރިޕޯޓް ލިބުމުން ކަމަށެވެ. އަދި އިތުރަށް ހުށިޔާރުވާން ޖެހޭކަމަށްވެސް އަލީ ނަޒީރު ވިދާޅުވި އެވެ.

މިހަމަނުޖެހުމާ ހިންގުމާ ހޯމް މިނިސްޓަރ އިމްރާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ހޮނިހިރު ދުވަހުގެ ރޭ ވަނީ ޖަލަށް ވަޑައިގެން ހާލަތު ބައްލަވާލައްވާފައެވެ.

މިހާދިސާއާ ބެހޭ ގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުއައްސަސާތަކަށް ބާރުބޮޑުވެ ނާޒުކު މިވަގުތު ޖަލު ހަލަބޮލި ކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލްވެފައިވާ ކަމަށެވެ. އަދި މިހަމަ ނުޖެހުން ކޮންޓްރޯލް ކުރެވުނީ މާތްﷲގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތްތައް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް