Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވުހާންގެ ހާލަތު

ކޮވިޑް-19 ޖެހިގެން ވުހާން އިން މަރުވި މީހުން އިތުރަށް ބެލުމުން އަދަދުތައް މައްޗަށް

17 އެޕްރީލު 2020 | ހުކުރު 10:00

ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1290 މީހުން އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އެޕްރީލު 2020 | ހުކުރު 10:00
ޗައިނާގައި އަދިވެސް އަންނަނީ ވައިރަސް ފެތުރެމުން

ޗައިނާގައި އަދިވެސް އަންނަނީ ވައިރަސް ފެތުރެމުން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދުތައް އަލުން ބެލުމުން އަދަދުތައް މައްޗަށް އަރައިފި އެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އަލުން ބެލިއިރު ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1290 މީހުން އިތުރުވެފަ އެވެ. އެއާއެކު ޖުމްލަ ޗައިނާއިން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4,632 އަށް އަރާފަ އެވެ. ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޗައިނާގައި ވައިރަސް ޖެހިގެން މަރުވެފައިވަނީ 3,342 މީހުންނެވެ.

ޗައިނާގެ އޮފިޝަލުން ހާމަކުރާގޮތުގައި ފަހުން އައިސްފައިވާ ރިޕޯޓްތަކަކީ މެޑިކަލް އިންސްޓިޓިޔުޝަންތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކާއެކު އައިސްފައިވާ ރިޕޯޓްތަކެވެ. އެއީ ބައެއް މީހުން ގޭގައި މަރުވެފައިވުމާއި ވައިރަސް ފެތުރެން ފެށިތަނާއި މަރުވި މީހުންނެވެ. އެހެންކަމުން އެއަދަދުތައް އައިސްފައިވަނީ ފަހުންކަމަށް ޗައިނާގެ އޮފިޝަލުން ބުނެއެވެ.

ޗައިނާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މައްޗަށް ގޮސްފައިވާކަން ޗައިނާއިން ހާމަކޮށްފައިވަނީ ބައިނަލް އަގްވާމީ މުޖުތަމަޢުން ޗައިނާއިން ވައިރަސް ޖެހިގެން މަރުވާ މީހުންނާއި ވައިރަސް ޖެހޭ މީހުންނާ ގުޅޭގޮތުން ޞައްހަ މައުލޫމާތު ފޯރުކޮށްނުދޭކަމަށް ބުނަމުންދާ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގަ އެވެ. މިހާތަނަށް އާއިރު މުޅި ދުނިޔެއިން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އެލައްކަ ސާޅީސް ހާހަށް ވުރެ މަތީގަ އެވެ.

މީގެއިތުރުން ވުހާންގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުތައްވެސް ވަނީ އަލުން ބެލިބެލުމުން މައްޗަށް ގޮސްފަ އެވެ. އެގޮތުން އިތުރަށް 325 މީހުންނަށް ވައިރަސް ޖެހިފައިވާކަން ވަނީ ހޯދިފަ އެވެ.

ޗައިނާއިން ވައިރަސް އާ ގުޅިގެން ޞައްހަ މައުލޫމާތުތައް ފޯރުކޮށްނުދޭކަމަށް މިފަހަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވަރަށް ގިނައިން ވިދާޅުވެ ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި އެކަމަށް އިނގިރޭސިވިލާތާއި ފްރާންސުންވެސް އަންނަނީ ތާޢީދުކުރަމުންނެވެ. އެގޮތުން މިވައިރަސް އާ ގުޅިގެން ޗައިނާއިން ޖަވާބުދާރީ ވާންޖެހޭ ބޮޑެތި ސުވާލުތަކެއް އެބަހުރިކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.

މީގެއިތުރުން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންވެސް ދާދިފަހުން ވިދާޅުވެފައިވަނީ ވައިރަސް ޗައިނާއިން ކޮންޓްރޯލް ކޮށްފައިވަނީ ރަނގަޅަށްކަމަށް ވިސްނުމަކީ އަދި އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ. ޗައިނާގެ ތެރޭގައި ވައިރަސް އާ ގުޅިގެން ދުނިޔެއަށް ނޭންގޭ ކަންތައްތަކެއް ހިނގާފައިވާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އެހެން ގައުމުތަކުން ދައްކަމުން އަންނަ ވާހަކަތައް ޗައިނާއިން އަންނަނީ ދޮގުކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް